Ads by Stelco

ޚަބަރު

ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ކުރާ އަސަރުތައް ބަލަމުންދާކަމަށް ވަޒީރު ވިދާޅުވެއްޖެ

ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ކުރާ އަސަރުތައް ބަލަމުންދާކަމަށް ވަޒީރު ވިދާޅުވެއްޖެ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ---

farudhun logo

ފަރުދުން

24 ޖޫން 2025، 10:05

24 ޖޫން 2025، 10:05

މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންގޮސް، ރާއްޖެއާ ގުޅިފައިވާ ބައެއް މުހިންމު ވައިގެ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކޮށްފައިވާއިރު، އެ ކަންކަމުގެ ސަބަބުން ޔޫރަޕުން ރާއްޖެއަށް ކުރަމުންދާ ވައިގެ ދަތުރުފަތުރުތަކަށް އަންނަމުންދާ ބަދަލުތައް ގާތުން ބަލަމުންދާކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި ވަނީ އިޒްރޭލާއި އީރާނާއި ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތަކުގެ ތެރެއަށް އެމެރިކާއިން ވަދެ، އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އެމެރިކާއިން ހޮނިހިރު ދުވަހު އީރާނުގެ ނިއުކްލިއަރ ތިން މަރުކަޒަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ރޭ ހަމަލާތަކެއް އަމާޒުކޮށްފައެވެ. ނަމަވެސް ގަތަރުގެ ސަރުކާރުން ބުނީ، އީރާނުގެ ހުރިހާ ހަމަލާތަކެއް ވެއްޓުމުގެ ކުރިން ގޮއްވާލެވުނުކަމަށެވެ.


މި ހަމަލާއާ ގުޅިގެން ރޭ ބަންދުކުރި ބައެއް ވައިގެ ބަނދަރުތައް މިހާރު ހުޅުވާލާލާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެގޮތުން ދުބާއީއިން ފްލައި ދުބާއީ ފްލައިޓަކާއި އެމިރޭޓްސްގެ ފްލައިޓެއް މިއަދު ވަނީ ރާއްޖެ އައިސްފައިވެއެވެ.

މިޙާލަތާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ހުޅަނގުގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނައުމަށް ހަރަކާތްތެރިވާ ފްލައިޓުތަކުގެ ދަތުރުފަތުރަށް އަންނަ ބަދަލުތައް ދެނެގަތުމަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް ރޭގައި ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓުތައް ޑިލޭވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަގުތީގޮތުން ބަންދުކުރި ވައިގެ ސަރަހައްދުތައް މިހާރުވަނީ ހުޅުވާލާފައެވެ. ވަޒީރު ވިދާޅުވީ މިހާރު ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުތަކަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަވާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS