ކުޅިވަރު

20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ރެކޯޑު އައުކޮށްފި

20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ރެކޯޑު އައުކޮށްފި

20 އަހަރުން ދަށުގެ މީޓަރު ދުވުމުގެ ރާއްޖޭހެ ރެކޯޑު އައުކުރި އަހުނާ ނިޒާރު، ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

24 ޖޫން 2025، 08:42

ހދ. ކުޅުދުއްފުށީގައި މިހާރު ކުރިޔަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ރާއްޖޭހެ ރެކޯޑު އައުކޮށްފިއެވެ. 

މި ރެކޯޑު އައުކޮށްފައި ވަނީ 12.71 ސިކުންތުން ރޭސް ނިންމައިގެން ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރުއެވެ. މީގެ ކުރިން މި އުމުރުފުރާގެ 100 މީޓަރު ދުވުމުގެ ރެކޯޑަކީ 12.88 ސިކުންތެވެ.

މި ރޭސް 15.47 ސިކުންތުން ނިންމައިގެން ޖަލާލުއްދީނުގެ ފާތިމަތު ޝައިހާ އަސްލަމް ރިހި މެޑަލް ހޯދިއިރު، 16.60 ސިކުންތުން ރޭސް ނިންމައިގެން ލޯ މެޑަލް ހޯދީ ޖަލާލުއްދީނު ސުކޫލުގެ އައިމިނަތު އަމާނީ އަހުމަދެވެ.

20 އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ 100 މީޓަރު ދުވުމުން ރަންމެޑަލް ހޯދީ ޖަލާލުއްދީން ސުކޫލުގެ އަހުމަދުސައްމާހް އަލިއެވެ. އޭނާ ރޭސް ނިންމީ 12:25 ސިކުންތުންނެވެ. ރިހި މެޑަލް ހޯދީ ހަނިމާދޫ ސުކޫލުގެ އަލީ ނާސިލެވެ. އޭނާ ރޭސް ނިންމީ 13.00 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ މިލަންދޫ ސުކޫލުގެ ހުސެއިން އަބުސަލް ފަތުހުއްﷲއެވެ. އޭނާ ރޭސް ނިންމީ 13.38 ސިކުންތުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS