Ads by Stelco

ޚަބަރު

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު ދިރާސާ ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވެއްޖެ

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު ދިރާސާ ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވެއްޖެ

ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު، އޮނަރަބަލް ތޯރިގު އިބްރާހިމް---

24 ޖޫން 2025، 12:49

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ރައްކާތެރިވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު، އޮނަރަބަލް ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވިއިރު، އީރާނުން ގަތަރުގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ހަމަލާތަކެއް އަމާޒުކުރުމާ ގުޅިގެން ދޯހާ އާއި ދުބާއީގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އީރާނުގެ ހަމަލާ އަމާޒުކުރީ ދުބާއީގައި ހުންނަ އަލް އުދައިދު އެއަރ ބޭސްއަށެވެ. ގަތަރުގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި، މިތަނުގައި އެމެރިކާގެ ޓްރޫޕްތަކުގެ އިތުރުން، ގަތަރުގެ ޓްރޫޕްތައް ވެސް ތިބެއެވެ.

ސޯޝަލް މީޑިއާގައި ވަޒީރު ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ރަގަޅަށް ދިރާސާކުރައްވަމުން ގެންދަވާ ވާހަކައެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުމުގެ މަސައްކަތް ކުރިޔަށްގެންދަވާނެކަމަށް ވެސް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ގަތަރުގެ ދޯހާއިން ރާއްޖެއަށް ގާތްގަނޑަށް 80 ފްލައިޓު ހަފުތާއަކު އާދެއެވެ. އަދި ދޯހާއިން ހަފްތާއަކު ގާތްގަނޑަކަށް 70 ފްލައިޓު އާދެއެވެ. މި ރޫޓުތަކަކީ ރާއްޖެއަށް އެންމެ ގިނަ ޓުއަރިސްޓުން އަންނަ ރޫޓުތައް ކަމުން، މި ކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS