Ads by Stelco

ޚަބަރު

ރާއްޖޭގެ އިޤުތިސާދީ ސަރަހައްދުން ލަންކާގެ މަސްބޯޓުތަކެއް ހިފަހައްޓައިފި

ރާއްޖޭގެ އިޤުތިސާދީ ސަރަހައްދުން ލަންކާގެ މަސްބޯޓުތަކެއް ހިފަހައްޓައިފި

އެމްއެންޑީއެފްއިން 22 ޖޫން 2025ގައި ހިފެހެއްޓި މަސް ބޯޓުތައް، ފޮޓޯ: އެމްއެންޑީއެފް

23 ޖޫން 2025، 07:27

ރާއްޖޭގެ އިޤުތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ސްރީލަންކާގެ ދެ މަސް ބޯޓު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހިފަހައްޓައިފިއެވެ.

މި މަސް ބޯޓުތައް ހިފެހެއްޓީ، ޤާނޫނާ ހިލާފަށް ރާއްޖޭގެ އިޤުތިސާދީ ސަރަހައްދަށް ވަނުމުންކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

އެމްއެންޑީއެފްއިން މައުލޫމާތުދީފައިވާ ގޮތުގައި ބޯޓުތައް ހިފަހައްޓާފައި ވަނީ ރޭގެ ވަގުތެއްގައި ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ބޭނުންކުރީ ކޯސްޓްގާޑް ހުރަވީއެވެ.

މި މަސްބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މާލެ ގެނައުމަށްފަހު ގާނޫނީ ފިޔަވަޅު އެޅުމަށް މި ބޯޓުތަކާއި، ބޯޓުތަކުގައި ތިބި މީހުން ހަވާލުކުރާނީ މޯލްޑިވްސް ޕޮލިސް ސާރވިސްއާއެވެ. 

ދޭތެރެދޭތެރެއިން ސްރީލަންކާގެ މަސްބޯޓުތައް ރާއްޖޭގެ އިޤުތިސާދީ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރެއެވެ. އަދި އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި މިފަދަ މަސް ބޯޓުތައް ދަނީ ހިފަހައްޓަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS