ކުޅިވަރު

ޓެނިސް ޓީމަށް ދެން އޮތީ އޯގަސްޓު މަހު ރާއްޖޭގައި އޮންނަ ބައިނަލްއަގުވާމީ މުބާރާތެއް

ޓެނިސް ޓީމަށް ދެން އޮތީ އޯގަސްޓު މަހު ރާއްޖޭގައި އޮންނަ ބައިނަލްއަގުވާމީ މުބާރާތެއް

ރާއްޖޭގެ ޖޫނިއަރ ޓެނިސް ޓީމު ޖޯޑަންގައި---

farudhun logo

ފަރުދުން

23 ޖޫން 2025، 06:57

23 ޖޫން 2025، 06:57

ރާއްޖޭގެ ޖޫނިއަރ ޓެނިސް ޓީމު ދެން ވާދަކުރާނީ މި އަހަރުގެ އޯގަސްޓު މަހު ރާއްޖޭގައި އޮންނަ ބައިނަލްއަގުވާމީ މުބާރާތެއްގައިކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ.

މިއީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ޖޫނިއަރ ޓެނިސް މުބާރާތެކެވެ. 

މި މުބާރާތް ބާއްވާނީ 18 އަހަރުން ދަށަށެވެ. އަދި މި މުބާރާތުގައި ގިނަ ގައުމުތަކުން ބައިވެރިވާނެކަމަށް ޓެނިސް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އޮގަސްޓު 18 އިން 28 އަށް މާލޭގައެވެ. 

އަދި އެއަށްފަހު ދެން އޮންނާނީ ސެޕްޓެމްބަރު 8-18 އަށް ބާއްވާ އޭޝިއަން ޓެނިސް ފެޑެރޭޝަންގެ 16 އަހަރުން ދަށުގެ މުބާރާތެވެ. 

ރާއްޖޭގެ ޓެނިސް ޓީމުން އެންމެ ފަހުން މަސައްކުރީ ޖޯޑަންގައި އޮތް ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރުމަށެވެ. ނަމަވެސް އީރާނާއި އިޒްރޭލާއި ދެމެދު ހަމަލާ ބަދަލުކުރަން ފަށާފައިވުމާ ގުޅިގެން ޖޯޑަންގައި މި މަހުގެ 16ގައި ފެށުމަށް ހަމަޖެހިފައި އޮތް މުބާރާތް ވަނީ ކެންސަލްކޮށްފައެވެ.

މުބާރާތް ކެންސަލްކުރަން ޖެހުނު އެއް ސަބަބަކީ، ޖޫން 13 ވަނަ ދުވަހު އީރާނާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން  ފްލައިޓުތައް މެދުކަނޑާލިއިރު ޓީމުތަކަށް ޖޯޑަންއަށް ނުދެވުމެވެ. ވައިގެ ދަތުރުތަކަށް ބަދަލުއައިއިރު ޖޯޑަންއަށް ދެވުނީ ވީއެޓްނާމް އާއި ރާއްޖޭގެ ޓީމަށް އެކަންޏެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS