Ads by Stelco

ޚަބަރު

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

23 ޖޫން 2025، 06:26

23 ޖޫން 2025، 06:26

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ފަހު ދަންފަޅީގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ރަސްމިއްޔާތުތަކުގެ ތެރެއިން، ފަހު ދަންފަޅީގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަންފަޅި ފެށީ، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ހާއްސަ ހަނދާނީ ފިލައަކުންނެވެ.

ރޭގެ ދަންފަޅީގައި 572 ދަރިވަރަކަށް ވަނީ އިނާމު ލިބިފައެވެ. މީގެތެރޭގައި ހިމެނެނީ މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން 10 ވަނަ ހާސިލުކުރި 42 ދަރިވަރުންނަށާއި 9 ވަނަ ހާސިލުކުރި 49 ދަރިވަރުންނަށާއި 8 ވަނަ ހާސިލުކުރި 49 ދަރިވަރުންނަށާއި 7 ވަނަ ހާސިލުކުރި 51 ދަރިވަރުންނަށާއި 6 ވަނަ ހާސިލުކުރި 56 ދަރިވަރުންނަށާއި، 5 ވަނަ ހާސިލުކުރި 41 ދަރިވަރުންނަށާއި 4 ވަނަ ހާސިލުކުރި 31 ދަރިވަރުންނާއި 3ވަނަ ހާސިލް ކުރި 20 ދަރިވަރުންނާއި 2 ވަނަ ހާސިލް ކުރި 17 އަދި 1 ވަނަ ހާސިލް ކުރި 8 ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނުން އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު، ދުނިޔޭގެ 10 ވަނާގައި ހިމެނުނު 32 ދަރިވަރަކަށް އިނާމު ދެއްވާފައެވެ. އަދި ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން ވަކިވަކި މާއްދާތަކުން އެއްވަނަ ހޯދި 57 ދަރިވަރަކަށާއި، އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު ދުނިޔެއިން އެއްވަނަ ހޯދި ދެ ދަރިވަރަކަށް މި ހަފްލާގައި ވަނީ އިނާމު ހަވާލުކޮށްފައެވެ. މީގެ އިތުރުން ސާނަވީ ތައުލީމު އިމްތިހާނުތަކުން ގަދަ 10ގެ 1ވަނަގައި ހިމެނުނު 21 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 85 ދަރިވަރަކަށް އެކަމުގެ ލިޔުން ހަވާލުކުރުން އޮތެވެ. އަދި މަތީ ސާނަވީ ތައުލީމު އިމްތިހާނުތަކުން ގަދަ 10ގެ 1ވަނައަށް ހޮވުނު 11 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި އިނާމުވެސް މި ރަސްމިއްޔާތުގައި ހަވާލުކުރެއްވިއެވެ.

ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމު ހާސިލުކުރިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS