ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗަށް އަންހެން ފުޓުބޯޅަ ޓީމުން ބުރާސްފަތީގައި ފުރަނީ

އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗަށް އަންހެން ފުޓުބޯޅަ ޓީމުން ބުރާސްފަތީގައި ފުރަނީ

ދިވެހި އަންހެން ގައުމީ ފުޓުބޯޅަ ޓީމު، ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

22 ޖޫން 2025، 08:21

22 ޖޫން 2025، 08:21

އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި މި މަހުގެ 29 ވަނަ ދުވަހު ވިއެޓްނާމްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް، ދިވެހިރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުން ފުރުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާންފަށައިފިއެވެ. ޓީމު ވިއެޓްނާމަށް ފުރުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗެއްގެ މަގާމާއި ދާދި ފަހުން ހަވާލުވި އަޙްމަދު އާތިފް ބުނީ، އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ޓީމު ތައްޔާރުވަމުން އަންނަތާ މިހާރު މަހެއްހާ ދުވަސްވެފައިވާކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަނުން އަންހެން ގައުމީ ޓީމުގައި ކޯޗެއް ނެތިފަ އިއުލާނުކޮށްގެން އިންޓަވިއުއަށްފަހު ބަރާބަރު ވަން މަންތު މިވީ.

އާތިފް ބުންޏެވެ.

އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމުން 3 މެޗެއް ކުޅެންޖެހޭނެއެވެ. އެގޮތުން މި މަހުގެ 29 ވަނަ ދުވަހު ވިއެޓްނާމްއާ ދެކޮޅަށް ކުޅުމަށްފަހު، ޖުލައި 2 ގައި ބައްދަލުކުރާނީ ގުއާމްއާއެވެ. އަދި އެއަށްފަހު ތިންވަނަ މެޗުގައި ނިކުންނާނީ ޖުލައި މަހުގެ ފަސްވަނަ ދުވަހު ޔޫއޭއީއާ ދެކޮޅަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS