Ads by Stelco

ޚަބަރު

މީޑިއާ ކައުންސިލަށް ތިން މެންބަރުން އިންތިހާބުކޮށްފި

މީޑިއާ ކައުންސިލަށް ތިން މެންބަރުން އިންތިހާބުކޮށްފި

މީޑިއާ ކައުންސިލަށް އަލަށް އައްޔަނުކުރި މެންބަރުން---

21 ޖޫން 2025، 02:34

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ތިން މެންބަރުންގެ މަގާމަށް އައު ތިން މެންބަރަކު މިއަދު އިންތިހާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ކުރިޔަށްގެންދިޔަ މި އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، އަދަދު ނޫހުން ވާދަކުރި ލީވާން އަލީ ނަސީރާއި، ދައުރު ނޫހުން ވާދަކުރި މުހައްމަދު މުޒައްޔިން އަދި އާންމު މެމްބަރުގެ މަގާމަށް ވާދަކުރި ލ. ގަން، ތުނޑި / ލިންކު، ހައްވާ ވަޖުދާއެވެ.

މި އިންތިހާބުގައި މީޑިއާތަކުން ދެ މެންބަރުން ހޮވުމަށް ނިންމާފައި އޮތްއިރު، އެ މަގާމުތަކަށް ތިން ފަރާތަކުން ކުރިމަތިލިއެވެ. އަދި އާންމު މެންބަރުގެ މަގާމަށް 6 ފަރާތަކުން ކުރިމަތިލާފައި އޮތެވެ.

މި އިންތިހާބުގައި 53 މީޑިއާއަކުން ވޯޓު ލާފައިވާއިރު، މިޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދީ މުޒައްޔިންއެވެ. އޭނާ ވަނީ 50 ވޯޓު ހޯދާފައެވެ. އަދި ދެވަނައަށް އިންތިހާބުވި ލީވާންއަށް ލިބުނީ 48 ވޯޓެވެ. މީގެ އިތުރުން އިންތިހާބުގައި އާންމު މެމްބަރެއްގެ ގޮތުގައި ވާދަކުރި ވަޖުދާއަށް ލިބުނީ 38 ވޯޓެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތަކުން އިންތިހާބުކުރާ 8 މެމްބަރުންނާއި އާންމުންގެ ފަރާތުން އިންތިހާބުކުރާ 7 މެމްބަރުންނާއެކު ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS