Ads by Stelco

ޚަބަރު

ހޯކްސް ފިއުލް ސްޓޭޝަން ކައިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ހޯކްސް ފިއުލް ސްޓޭޝަން ކައިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ހޯކްސް ފިއުލް ސްޓޭޝަން ކައިރީގައި ރޯވި އަލިފާން، ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

19 ޖޫން 2025، 10:30

19 ޖޫން 2025، 10:30

ހުޅުމާލޭގައި ހުންނަ ހޯކްސް ފިއުލް ސްޓޭޝަން ކައިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފާވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ހިއްސާކުރި ގޮތުގައި އަލިފާން ރޯވެފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ހުންނަ ދަ ހޯކްސް ފިއުލް ޝްޓޭޝަން ފުރަގަހުގައި ހުރި ގަސްތަކެއްގައެވެ. 

މިރޭ ހިނގި މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބުނީ 19:36 ހާއިރުކަމަށް ވެސް ސިފައިން ވަނީ ހާމަކޮށްފައެވެ.

އަދި އޭގެ ބައިގަޑިއެއްހާއިރު ފަހުން، 20:36ގައި ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ހޯކްސް ފިއުލް ޝްޓޭޝަން ފުރަގަހުގައި ހުރި ކުނިތަކެއްގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS