ދުނިޔެ

އިޒްރާއިލުން އެމެރިކާގެ އެހީތެރިކަމަށް އެދުމަކީ އެގައުމުގެ ނިކަމެތިކަން ދައްކުވައިދޭ ކަމެއް: ޚާމަނާއީ

އިޒްރާއިލުން އެމެރިކާގެ އެހީތެރިކަމަށް އެދުމަކީ އެގައުމުގެ ނިކަމެތިކަން ދައްކުވައިދޭ ކަމެއް: ޚާމަނާއީ

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 07:04

19 ޖޫން 2025، 07:04

ހަނގުރާމައިގައި އިޒްރާއިލުން އެމެރިކާގެ އެހީތެރިކަމަށް އެދުމަކީ އިޒްރާއިލްގެ ނިކަމެތިކަން ދައްކުވައިދޭ ކަމެއްކަމަށް އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެެއްޖެއެވެ.

 އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވެފައިވަނީ، އިޒްރާއިލުން އެމެރިކާގެ އެހީތެރިކަމަށް އެދުމަކީ އެ ޤައުމުގެ ބަލިކަށިކަމާއި ނުކުޅެދުންތެރިކަން ދައްކުވައިދޭ ކަމެއްކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޚާމަނާއީ ވިދާޅުވެފައިވަނީ، ޒަޔޮނިސްޓް ވެރިކަމުގެ ރަހުމަތްތެރިން ކަމުގައިވާ އެމެރިކާއިން  މައިދާނަށް ނުކުމެ މިފަދަ ވާހަކަތައް ދެއްކުމަކީ އިޒްރާއިލްގެ ވެރިކަމުގެ ބަލިކަށިކަމާއި ނުކުޅެދުންތެރިކަން ދައްކުވައިދޭ ކަމެއްކަމަށެވެ.

މި ބަޔާން އައިސްފައިވަނީ އިޒްރާއިލްގެ ދިފާއީ ވަޒީރު ޚާމަނާއީ "ނައްތާލުމަކީ" އިރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އަމާޒެއްކަމަށް ވިދާޅުވުމަށް ފަހުގައެވެ.

އިރާނުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ޚާމަނާއީ ވިދާޅުވެފައިވަނީ، ރައްޔިތުން ބިރުގަންނަކަން އަދާވާތްތެރިންނަށް އިހުސާސްވެއްޖެނަމަ، އެމީހުން އެ ރައްޔިތުން ދޫކޮށްނުލާނެ ކަމަށެެވެ. އަދި މިހާތަނަށް އީރާނުގެ ރައްޔިތުން ގެންގުޅުނު ވައްޓަފާޅި ދެމެހެއްޓުމަށާއި، މި ވައްޓަފާޅީގައި ބާރުގަދަކަމާއެކު ކުރިއަށް ގެންދިޔުމަށް ގޮވާލާފައިވެއެވެ.

މި ބަޔާނަކީ އިޒްރާއިލާއި އިރާނާ ދެމެދު އިތުރަށް ގޯސްވަމުންދާ ގުޅުމުގެ ތެރެއިން އައިސްފައިވާ ބަޔާނެކެވެ. އަދި މި ބަޔާނުން ދޭހަވަނީ މެދުއިރުމަތީ ސަރަހައްދުގައި އިތުރަށް ހަނގުރާމައިގެ ބިރުވެރިކަން އޮތް މިންވަރެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS