ދުނިޔެ

އީރާނުން ޝަރުތަކާއި ނުލައި ހަތިޔާރު ބެހެއްޓުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ގޮވާލައްވައިފި

އީރާނުން ޝަރުތަކާއި ނުލައި ހަތިޔާރު ބެހެއްޓުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ގޮވާލައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2025، 05:41

18 ޖޫން 2025، 05:41

އީރާނާއި އިޒްރާއިލާއި ދެމެދު ހިނގަމުންދާ ހަނގުރާމައަށް 6ދުވަސް ވެފައިވާއިރު އީރާނުން ޝަރުތަކާއި ނުލައި ހަތިޔާރުބެހެއްޓުމަށް އެމެރިކާގެ ރައީސް ޑޮންލަޓް ޓްރަމްޕް ގޮވާލައްވައިފިއެވެ.

 ޓްރަމްޕް ވިދާޅުވެފައިވަނީ މިމައްސަލާގައި މިހާރު އެމެރިކާގެ ކެތްތެރިކަން ވަނީ ނިމުމަކާ ހަމައަށް އައިސްފައި ކަމަށެވެ. 

އިޒްރޭލުގެ ސިފައިންގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި، ބުދަ ދުވަހުގެ ވަގުތެއްގައި އީރާނުން އިޒްރޭލަށް އަމާޒުކޮށް 10 ބެލިސްޓިކް މިސައިލް ދޫކޮށްލާފައިވެއެވެ. މި މިސައިލްތަކުގެ ގިނަ އަދަދެއް ވަނީ އިންޓަސެޕްޓް ކުރެވިފައެވެ. ޔައްފާ(ތެލްއަވީވް)ގައި ގޮވުމުގެ އަޑުތައް އިވިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ހަމައެއާއެކު، އީރާނުގެ ވެރިރަށް ތެހެރާނާއި އޭގެ ހުޅަނގުގައިވާ ކަރަޖް ސިޓީގައިވެސް ގޮވުމުގެ އަޑުތައް އިވުނު ކަމަށް އީރާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ "ރޫހާނީ ލީޑަރު" ފިލާ އޮތް ތަން އެނގޭ ކަމަށާއި، މިވަގުތަށް އެމަނިކުފާނު ނައްތާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ވައިޓް ހައުސްގެ އިސް އޮފިޝަލެއް ހާމަކުރެއްވި ގޮތުގައި، ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ފޯނުން ވާހަކަފުޅު ދައްކަވާފައެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް ބުނެފައިވަނީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީއަށް އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ފަދައިން ނިމުމެއް އަތުވެދާނެ ކަމަށެވެ. އެމެރިކާގެ ދިފާއީ ސެކްރެޓަރީ ޕީޓް ހެގްސެތް ވިދާޅުވެފައިވަނީ އެމެރިކާއިން މިހާތަނަށް އަޅާފައިވަނީ ހަމައެކަނި ދިފާއީ ފިޔަވަޅުތައް ކަމަށެވެ.

މި ހަނގުރާމައިގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުން ވަނީ ހާމަނާއީގެ އެންމެ އިސް ސިފައިންގެ އަދި ސަލާމަތީ ލަފާދޭ ފަރާތްތައް މަރާލެވިފައެވެ. މިކަމުގެ ސަބަބުން އެމަނިކުފާނުގެ އެންމެ ގާތް ބައެއް ގެއްލި، ސްޓްރެޓެޖިކް ކުށްތަކެއް ހެދުމުގެ ފުރުސަތު އިތުރުވެފައިވާ ކަމަށް އެމަނިކުފާނުގެ ނިންމުންތަކާ ގުޅޭ ގޮތުން މަޢުލޫމާތު ލިބިފައިވާ ފަސް ފަރާތަކުން ހާމަކޮށްފައިވެއެވެ.

1979 ގެ އިސްލާމިކް އިންޤިލާބަށްފަހު އެންމެ ނުރައްކާތެރި ސަލާމަތީ ހުރަސްތަކާ އީރާނުގެ އިސްވެރިން ކުރިމަތިލަމުންދާއިރު، ފާރްސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ސައިބަރ ސެކިއުރިޓީ ކޮމާންޑުން ވަނީ އޮފިޝަލުން މުވާސަލާތީ ވަސީލަތްތަކާއި މޯބައިލް ފޯނު ބޭނުންކުރުން މަނާކޮށްފައެވެ. އިސްރާއީލުން ވަނީ އީރާނުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއަށް "ބޮޑު ސައިބަރ ހަނގުރާމައެއް" ފަށާފައިކަމަށް އީރާނުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

އީރާނާއި އިޒްރާއިލްގެ ހަނގުރާމަ ވަަރަށް ބޮޑަށް ހޫނުވެފައިވާއިރު ދެޤައުމުންވެސް ގޮތް ދޫކޮށް ހަތިޔާރު ބެހެއްޓުމަކީ މަންޒަރު ފެންނަ ގޮތުން ނާދިރުކަމެެކެވެ. 

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS