Ads by Stelco

ޚަބަރު

ސްރީލަންކާގެ ބައެއް މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވުމަށް އެމްކިޔުއޭ އިން އެދެފި

ސްރީލަންކާގެ ބައެއް މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވުމަށް އެމްކިޔުއޭ އިން އެދެފި

އެމްއެންޔޫގެ މަތީ ތަޢުލީމު ހޯދި ދަރިވަރުންތަކެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އެމްއެންޔޫ

18 ޖޫން 2025، 04:18

ސްރީލަންކާގެ ބައެއް މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދެފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ މިފަދައިން އެދިލައްވާފައިވަނީ، ސްރީލަންކާގެ ޓިވެކްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވުމާއި ގުޅިގެންނެވެ.

އެމްކިޔުއޭ އިން ވިދާޅުވީ، ސްރީލަންކާގެ ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމުގެ މަޢުލޫމާތު އެ އޮތޯރިޓީ އަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެ މަރުކަޒުތަކުގައި މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުން ވީ އެންމެ އަވަހަކަށް އެމްކިއުއޭގެ އީމެއިލް ([email protected]) މެދުވެރިކޮށް އެކަން އެންގުމަށް އެ އޮތޯރިޓީން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން، އެ މަރުކަޒުތަކުން ހިންފާ ޕްރޮގްރާމްތަކުގައި މަތީ ތަޢުލީމު ޙާސިލްނުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވާއިރު، ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ސަސްޕެންޑް ކޮށްފައިވާ ތަޢުލީމުދޭ މަރުކަޒުތަކުގެ ތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭކަން އެމްކިއުއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ތަޢުލީމީ ފެންވަރު ހަރުދަނާކުރުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS