Ads by Stelco

ޚަބަރު

2026 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ: ވަޒީރު މުއްޠަލިބު

2026 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ: ވަޒީރު މުއްޠަލިބު

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖޫން 2025، 12:17

18 ޖޫން 2025، 12:17

2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެކަން ހާސިލް ކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު މި ވާހަކަ ދެއްކެވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއުތަކާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓި، އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދާތީ އެ އެއްބަސްވުން އުވާލައި، މަޝްރޫއުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ. އަދި ކުރިން ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނަގައި އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، 2010 ވަނަ އަހަރުން ފެށިގެން އެކި ރަށްތަކުގައި ހިއްކާފައިވާ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގާއިމުކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، މި މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ ލޯނު ފައިނޭންސްގެ އުސޫލުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު މުއްޠަލިބު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައި ހުރި ގިނަ ރަށްތަކުގައިވެސް ބައެއް ލިޔެކިޔުންތައް ނުލިބި ޚިދުމަތް ނުފެށި ހުރި ނަމަވެސް، ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އުސޫލުތައް ލުއިކޮށްގެން އެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"އެކަންކަން ހައްލުކޮށް އެމްޑަބްލިއުއެސްސީއިން ދަނީ މަސައްކަތްތައް ފަށަން މޮބިލައިޒް ކުރުމަށް މަސައްކަތް ކުރަމުން. 2026ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ދެވޭނެ ގޮތަށް ރައީސް ނިންމަވާފައިވާ ނިންމުން އެޗީވް ވާނެގޮތައް މަސައްކަތް ކުރިއަށްދަނީ،" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު އިންވެސްޓްމަންޓް ހޯދުމަށް، ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ނުވަތަ ލޯނު ފައިނޭންސް އުސޫލުން ކުރިއަށްގެންދެވޭނެ މެކޭނިޒަމެއްގެ ތެރެއިން ބަޔަކު ހޯދައިގެން މަސައްކަތް ކުރިއަށްގެންދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު މުއްޠަލިބު ފާހަގަކުރެއްވިއެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS