Ads by Stelco

ޚަބަރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް 2025 ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖޫން 2025، 10:49

18 ޖޫން 2025، 10:49

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ޖޫން މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައެވެ. މެންދުރު 1 އިން ފެށިގެން އިރުއޮއްސި 6 އާ ހަމައަށް ކުރިއަށްދާ މި ހަރަކާތްތަކުގައި ކަނޑުތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ގިނަ ސްޓޯލްތަކަކާއެކު ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

މި ދުވަސް ފާހަގަކުރުމަށް މައިގަނޑު 3 ހަރަކާތެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

ޑިސްކަވަރ ޑައިވް: މި ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި އެހެނިހެން ވުޒާރާތަކުގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ހަރަކާތުގެ މަޤްޞަދަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތު ދިނުމެވެ.

އޯޝަން ފެސްޓިވަލް: މި ފެސްޓިވަލްގައި ކަނޑުގެ މަޢުލޫމާތު ދިނުމަށް ގިނަ ސްޓޯލްތަކެއް ބެހެއްޓޭނެއެވެ. މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށީގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް މި ހަރަކާތުގައި ބައިވެރިވާނެއެވެ.

އޯޝަން ކުއިޒް މުބާރާތް: މި މުބާރާތް ވަނީ މި މަހުގެ 8 އިން 17 އަށް ކުރިއަށް ގެންގޮސްފައެވެ. މިނިސްޓްރީގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ކުރިއަށްގެންދިޔަ މި ކުއިޒް މުބާރާތުގައި ކޮންމެ ދުވަހަކުވެސް ކަނޑުގެ ޢިލްމާ ގުޅުންހުރި މަލްޓިޕަލް ޗޮއިސް ސުވާލުތަކެއް ހިމަނާފައިވެއެވެ.

މި ހަރަކާތްތައް ސްޕޮންސަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ސްޕޮންސަރ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވުމަށް 3339255 ނަންބަރަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް މެއިލްކުރެއްވުމަށް ވަނީ އަންގަވާފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS