ޚަބަރު
ގެއްލިގެން ހޯދި އަންހެންމީހާ ފެނިއްޖެ، ހާލު ރަނގަޅު

ގެއްލިގެން ހޯދަމުންދިޔަ އައިޝަތު ލަމްޔާ ---

ފަރުދުން
18 ޖޫން 2025، 06:22
18 ޖޫން 2025، 06:22
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 18 އަހަރުގެ އަންހެން މީހާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
އައިޝަތު ލަމްޔާ ނަމަކަށް ކިޔާ މި ޒުވާނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ މެންދުރުފަހު 1:00 ގައެވެ.
އަދި އޭނާގެ ހަބަރެއްވެފައި ނުވަނީ ހޯމަ ދުވަހުގެ ރޭގެ 8:30ގައި ގެއިން ނިކުމެގެން ދިޔަފަހުންކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ލަމްޔާ ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވަނީ ރޭގެ މެންދަމު 12:30 ގައެވެ. އަދި ފެނުނުއިރު އޭނާގެ ހާލު ރަގަޅުކަމަށް ހާމަކޮށްފައި ވެއެވެ. ނަމަވެސް އޭނާ ގެއްލިގެން ހޯދިއިރު ހުރީ ނުވަތަ އުޅުނީ ކޮންތަނަކުކަމާއި، ކޮންބަޔަކާއެކުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.