Ads by Stelco

ޚަބަރު

ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ އަންހެންމީހާ ---

farudhun logo

ފަރުދުން

17 ޖޫން 2025، 11:16

17 ޖޫން 2025، 11:16

މާލެއިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 18 އަހަރުގެ އައިޝަތު ލަމްޔާ ނަމަކަށް ކިޔާ އަންހެނެކެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ރޭގެ 8:30 ހާއިރު އޭނާ ގެއިން ދިޔަ ގޮތަށް އާއިލާއަށް އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. 

އަދި ގެއިން ނިކުމެގެން ދިޔައިރު އޭނާ ލައިގެން ހުރީ ކަޅު ޖިންސަކާއި ހުދު ޓޮޕަކާއި ކަޅު ސޯލެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭނާ ގެއްލިގެން އުޅޭކަމަށް ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރުފަހު 1:00 ގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS