Ads by Stelco

ޚަބަރު

އިމިގްރޭޝަނުން ބޭއްވި ވޯކް-އިން އިންޓަވިއުގެ ޕޮއިންޓު ޝީޓު އާންމުކޮށްފި

އިމިގްރޭޝަނުން ބޭއްވި ވޯކް-އިން އިންޓަވިއުގެ ޕޮއިންޓު ޝީޓު އާންމުކޮށްފި

އިމިގްރޭޝަނުން ބޭއްވި ސައިކޯމެޓްރިކްސް އިމްތިހާނު، ފޮޓޯ: އިމިގްރޭޝަން

17 ޖޫން 2025، 09:14

މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ މަހު 24ގައި ބޭއްވި ވޯކް-އިން އިންޓަވިއުގެ ޕޮއިންޓު ޝީޓު މިރޭ އާންމުކޮށްފިއެވެ. 

އިމިގްރޭޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މި ޝީޓުގައި، އެ އިންޓަވިއުއަށް ހާޒިރުވި ކެނޑިޑޭޓުން ލިސްޓުކޮށްފައިވަނީ އެންމެ ގިނަ ޕޮއިންޓު ލިބުނު ކެނޑިޑޭޓުންގެ ތަރުތީބުންނެވެ. 

މި ލިސްޓުގައި ސައިކޯމެޓްރިކްސް އިމްތިހާނުން ލިބުނު މާކްސް އާއި ތަޖުރިބާއަށް ލިބުނު މާކްސްގެ އިތުރުން ތައުލީމީ ފެންވަރަށް ބަލައި ލިބުނު މާކްސް ވެސް ވަކިވަކިން ހިމަނާފައިވެއެވެ.



އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވަޒީފާއަށް ހުޅުވާލުމުން 876 މީހުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 758 މީހުންނެވެ.

އިންޓަވިއުއަށްފަހު އޮތް ސައިކޯމެޓްރިކްސް އިމްތިހާނުގައި 549 މީހަކު ވަނީ ބައިވެރިވެފައެވެ. 

 މި ވަޒީފާއަށް ހޮވޭ ފަރާތްތަކުން 6 މަސްދުވަހުގެ ކޯހެއް ފުރިހަމަ ކުރަންޖެހެއެވެ. މި ކޯހުގައި އިމިގްރޭޝަންގެ މަސައްކަތްތަކާއި، ޤަވާއިދުތަކާއި އަދި ބޭނުންވާ އެހެނިހެން ތަމްރީނު ހިމެނެއެވެ. އަދި މި މުއްދަތުގައި އިމިގްރޭޝަންގެ އެކި ސެކްޝަންތަކުގައި މަސައްކަތްކޮށް ޢަމަލީ ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ލިބެއެވެ.

 ސެޓްފިކެޓް ލެވެލް 3ގެ މި ކޯހުން ފާސްވެއްޖެނަމަ، އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރގެ މަޤާމަށް، ވަޒީފާ ދާއިމީ ވާނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާ ދާއިމީވުމުން، ގާތްގަނޑަކަށް ވިހި ހާސް ރުފިޔާ ގެޔަށް ގެންދަން ލިބެއެވެ.

އިމިގްރޭޝަނަކީ ދިވެހިރާއްޖޭގެ ތަންފީޒީ އެއް އިދާރާއެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، ޕާސްޕޯޓު ދޫކުރުމާއި، ބިދޭސީންގެ ކަންކަން ރެގިއުލޭޓް ކުރުމަކީ އިމިގްރޭޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS