Ads by Stelco

ޚަބަރު

2027 ގެ ނިޔަލަށް ހުއްދަ ނުހޯދާ ކޯސްތައް ބާޠިލްވާނެ: އެމްކިއުއޭ

2027 ގެ ނިޔަލަށް ހުއްދަ ނުހޯދާ ކޯސްތައް ބާޠިލްވާނެ: އެމްކިއުއޭ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 04:38

17 ޖޫން 2025، 04:38

2022 ވަނަ އަހަރުގެ ކުރިން ހިންގަމުންއައި ކޯސްތައް 2027 ވަނަ އަހަރުގެ ނިޔަލަށް އަލުން ހުއްދަ ނުހޯދާނަމަ އެ ކޯސްތައް ބާޠިލްވާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

ފިޒާނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެމްކިއުއޭގެ މެންޑޭޓުގެ ތެރޭގައި ކޯސްތަކަށް އެކްރެޑިޓޭޝަންދިނުން ހިމެނޭކަމަށް ފާހަގަކުރައްވަމުން، ފިޒާނާ ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީވާ ހުރިހާ ތަނަކުން އިންސްޓިޓިއުޓްއެއްގެ ގޮތުގައި ރަޖިސްޓްރީ ވާނަމަ، އެމްއެމްކިއުއެފް ލެވެލް އެކަކުން 10 އަށް ހިންގާ ކޯސްތަކަށް ހުއްދަ ހޯދަންޖެހޭނެކަމަށެވެ.

"މީގައި ސަމާލުވާން ހުރިހާ ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުން ޖެހިލައްވާނެ ކަމަކީ 2027ގެ ނިޔަލަށް 2022ގެ ކުރިއަށް އެޕްރޫވްކޮށްފައި ހުރި އެއްވެސް ޕްރޮގްރާމްއެއް ނުހިންގޭނެ. އަލުން އެކްރެޑިޓޭޝަން ހޯދައިގެން ޕްރޮގްރާމްތައް ހިންގޭނީ," ފިޒާނާ ވިދާޅުވިއެވެ.

އައު އެކްރެޑިޓޭޝަން ގައިޑްލައިންގެ ދަށުން މިހާތަނަށް 565 ކޯހަކަށް އެކްރެޑިޓޭޝަން ދީފައިވާއިރު، މި އަހަރުގެ މިހާތަނަށް 132 ކޯހަކަށް އެކްރެޑިޓޭޝަން ދީފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ނުލައި އެއްވެސް ކޯހެއް އިޝްތިހާރުކުރުމަކީ މަނާކަމެއްކަމަށާއި، ކޮލެޖަށް ހާޒިރުވެގެން ކުރިއަށް ގެންދަން ހުއްދަދީފައިވާ ކޯހެއް އޮންލައިންކޮށް ކުރިއަށް ގެންދަން އިޝްތިހާރު ނުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS