ޚަބަރު
ޔުމްނުގެ މައްސަލައިގެ ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ފުރިހަމައަށް އާންމުކުރަން ރައީސް އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު ފުރިހަމައަށް އާންމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ކޮމިޝަނުގެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ރިޕޯޓު ފުރިހަމައަށް ޝާއިޢުކުރުމަށް އަންގަވާފައިވާ ކަމަށެވެ.
Received the report from the Commission. Instructed to publish it in full. https://t.co/fF0l8sWxl1
— Dr Mohamed Muizzu (@MMuizzu) June 17, 2025
ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ރިޕޯޓު ހުށަހެޅުމަށްފަހު މިހާރު ކުރަމުންދަނީ ޕޯޓަލް ބަންދުކޮށް ހުރިހާ ކަމެއް ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި ރިޕޯޓު އާންމުކުރުމާ މެދު ގޮތެއް ނިންމަވާނީ ރައީސް މުޢިއްޒު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނު އުފެއްދެވީ ޔުމްނުގެ މަރުގެ މައްސަލަ އިތުރަށް ހާމަކަން ބޮޑުގޮތެއްގައި ހިންގުމަށެވެ.ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ޔުމްނުގެ މަރުގެ ޙަޤީޤަތް ހޯދުމުގެ އިތުރުން، އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަޙުޤީޤު ރަނގަޅަށް ހިންގާފައިވޭތޯ ބެލުންވެސް ހިމެނެއެވެ.