Ads by Stelco

ޚަބަރު

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓުއެޅުމުގެ މަސައްކަތް ނިމިއްޖެ

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓުއެޅުމުގެ މަސައްކަތް ނިމިއްޖެ

މާލޭ ސިޓީ ކައުންސިލްގެ އައު އިމާރާތް ބިނާކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 12:46

17 ޖޫން 2025، 12:46

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވި ގޮތުގައި، މިހާރު ކައުންސިލްގެ މަސައްކަތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި 9 ޢިމާރާތެއްގައި ކުރަމުން ދިއުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައާއި މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވާ ކަމެކެވެ. ނަމަވެސް، އައު ޢިމާރާތް ނިމި ހުރިހާ ސެކްޝަނެއް އެއް ތަނަކަށް ބަދަލުވުމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މި އައު ޢިމާރާތް ހަދަމުންދަނީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ޢިމާރާތް ހުންނަ ތައިސޭ ކޮށީގެ އިރު ދެކުނު ފަރާތުގައެވެ. 20 ހާސް އަކަފޫޓުގެޓުގެ ބިމެއްގައި ޢިމާރާތްކުރާ މި އޮފީސް ޢިމާރާތަކީ 2 ފަންގިފިލާގެ ޢިމާރާތެކެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، މި އައު ޢިމާރާތް ނިމުމުން ކައުންސިލްގެ މުވައްޒަފުންނަށް ރަނގަޅު މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމެއް ކަމުގައި ވެސް މޭޔަރ ފާހަގަކުރެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS