Ads by Stelco

ޚަބަރު

ދިވެހި އިޤްތިޞާދަށް ބޭނުންވާ ފަންނުވެރިން ތަރައްޤީކުރާނެ މަގުޗާޓެއް އެކުލަވާލަނީ

ދިވެހި އިޤްތިޞާދަށް ބޭނުންވާ ފަންނުވެރިން ތަރައްޤީކުރާނެ މަގުޗާޓެއް އެކުލަވާލަނީ

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 12:01

17 ޖޫން 2025، 12:01

ދިވެހި އިޤްތިޞާދަށް ބޭނުންވާ ފަންނުވެރިންނާއި ހުނަރުވެރިން ތަރައްޤީކުރާނެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު  ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންސާނީ ވަޞީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މި ސަރވޭއަކީ އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމަށް ރާއްޖޭގައި ކުރާ މަސައްކަތްތައް އިލްމީގޮތެއްގައި ދެނެގަނެ މުސްތަޤްބަލު ރޭވުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

"މި ސަރވޭގެ ސަބަބުން ޤާބިލު ވަޒީފާގެ ބާޒާރެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ޙާސިލުވެއްޖެ," ވަޒީރު ވިދާޅުވިއެވެ. "މި ސަރވޭއާއެކު ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމަށް ޕްލޭންތައް އެކަށައެޅި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަނެވޭނެ."

ވަޒީރު އިތުރަށް ވިދާޅުވީ މި ސަރވޭގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އިޤުތިޞާދަށް ބޭނުންވާ ފަންނުވެރިންނާއި ހުނަރުތައް ތަރައްގީކުރާނެ މަގުޗާޓެއް އެކުލަވާލެވޭނެ ކަމަށެވެ. މި ސަރވޭގައި މުޅި ރާއްޖެ ހިމެނޭހެން އިޤުތިސާދުގެ 7 ދާއިރާއަކުން މަޢުލޫމާތު އެއްކުރެވުނު ކަމަށާއި، 15 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ އިތުރުން ވަޒީފާދޭ ފަރާތްތަކާއި ތަމްރީނުދޭ މުއައްސަސާތަކުން މަޢުލޫމާތު ހޯދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރވޭގެ ނަތީޖާތަކުން ދައްކާގޮތުގައި ޞިއްޙީ ދާއިރާގައި ނަފްސާނީ ދުޅަހެޔޮކަމާއި ދުވަސްވީ މީހުންގެ ފަރުވާއަށް ބޭނުންވާ ތަޖުރިބާކާރުން ބިނާކުރަން ޖެހޭކަން ފާހަގަކުރެވިފައިވެއެވެ. އަދި އައި.ސީ.ޓީ ދާއިރާއަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނިންމާލަމުން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ޒުވާނަކަށް މާނަހުރި ވަޒީފާގެ ފުރުސަތުތައް ލިބޭނެ ގޮތް ހެދުމަށްޓަކައި ތަޢުލީމުގެ ޕްރޮގުރާމްތައް އެކަށައެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ.


                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS