Ads by Stelco

ޚަބަރު

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ އިންޖީނުގެ، ފޮޓޯ: ސަން

17 ޖޫން 2025، 09:30

ކަރަންޓުގެ ވިއުގަ އަޕްގްރޭޑުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާތީ، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ހާމަކޮށްފިއެވެ.

އެގޮތުން މާލޭގެ އިތުރުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ވެސް ކަރަންޓު ކެނޑިދާނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. 

ހުޅުމާލެއިން ކަރަންޓު ކެނޑިދާނެކަމަށް ހާމަކޮށްފައިވަނީ ހަލަވެލިމަގާއި ނިރޮޅު މަގު ގޯލި 10 ހިމެނޭ ސަރަހައްދުންނެވެ. އެ ސަރަހައްދުގައި ހިމެނެނީ ލޮޓް 10163-10172، 10128-10132، 10118، 10157 އަދި 10158އެވެ.

މި މަސައްކަތް ކުރިޔަށްދާނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން 3:30 އަށް ކަމަށް ވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.



އަދި ދުރާލާ އަންގައިގެން ކަރަންޓު ކަނޑާލިކަމުގައިވިޔަސް، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށްއެދިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS