ކުޅިވަރު

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުން ހޮވައިފި

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުން ހޮވައިފި

2024 ވަނަ އަހަރު އޮތް އޭޝިއަން ސާރފިން ޗެމްޕިއަންޝިޕް ---

17 ޖޫން 2025، 09:11

ޓްރަޔަލްއަކަށްފަހު އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުން ހޮވައިފިއެވެ.

އިންޑިއާގެ ޓަމިލް ނާޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމަށް ނެގި ޓީމުގައި ހިމެނެނީ އަހުމަދު އާގިލް (އައްމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްސް)އެވެ.

މި އެތުލީޓުން ހޮވާފައިވަނީ ގައުމީ ސީނިއާ ސްކޮޑް އެކުލަވާލުމުގެ ޓްރައިލްސްތަކުގެ ފައިނަލް ހީޓަށް ފަހުއެވެ. މި ޓްރަޔަލްގެ ފައިނަލް ހީޓު އިއްޔެ ބާއްވާފައިވާއިރު އެ ހީޓުގައި ވާދަކުރީ އަހުމަދު އާގިލް، އިސްމާއިލް ރަޝީދު، ހޫދު އަހުމަދުގެ އިތުރުން ނަޖާހު މުހައްމަދެވެ.

ފައިނަލް ހީޓުގެ އެއްވަނަ އަހުމަދު އާގިލް ހޯދީ 14.00 ސްކޯކޮށްގެންނެވެ. ދެވަނައަށް ދިޔަ އިސްމާއިލް ރަޝީދަށް 9.13 ސްކޯރ ކުރެވުނުއިރު، ތިންވަނައަށްދިޔަ ހޫދު އަހުމަދަށް ސްކޯރ ކުރެވިފައިވަނީ 8.46އެވެ.

މިދިޔަ ދެ އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ރާއްޖޭގައެވެ. އެ ދެ  މުބާރާތުގައި ވެސް ރާއްޖޭގެ ސާފިން ޓީމުން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS