ކުޅިވަރު

އޭޝިއާ ކަޕް ކޮލިފަޔާސްގެ ދެ ޑިވިޝަން ވެސް ކާމިޔާބުކުރީ އިންޑިއާ

އޭޝިއާ ކަޕް ކޮލިފަޔާސްގެ ދެ ޑިވިޝަން ވެސް ކާމިޔާބުކުރީ އިންޑިއާ

އިންޑިއާގެ އަންހެން ޓީމު ---

farudhun logo

ފަރުދުން

17 ޖޫން 2025، 12:25

17 ޖޫން 2025، 12:25

ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފިއެވެ. 

ދެ ޑިވިޝަނުގެ ފައިނަލުގައި ވެސް އިންޑިއާއިން ވާދަކުރީ ސްރީލަންކާއާއެވެ. 

އަންހެން ޑިވިޝަންގެ ފައިނަލުގައި 52-103 ޕޮއިންޓުން މެޗު ކާމިޔާބުކުރިއިރު، ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ 94-62  ޕޮއިންޓުންނެވެ.

މި ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާގެ ދެ ޓީމުން ވެސް ވަނީ މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އެ ޓީމުތަކުން ވަނީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފައެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުގައި އެންމެ ރަނގަޅަށް ކުޅުނީ 42 ޕޮއިންޓް ހަމަކުރި ވިހާ ރެޑްޑީއެވެ. ސްރީލަންކާއިން އެންމެ މޮޅަށް ކުޅުނީ 10 ޕޮއިންޓް ހޯދި ބިނުތީ ޖަޔަސިންހާއެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމަށް ވަނީ ލޯ މެޑަލް ލިބިފައެވެ. ނަމަވެސް ފިރިހެން ޓީމަށް މުބާރާތް ނިންމާލަން ޖެހުނީ އެއްވެސް މެޗަކުން މޮޅުނުވެވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS