ޚަބަރު
ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވޭ، މިރޭ ވެސް މޫސުން ގޯސް

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ، ފޮޓޯ: މިހާރު
ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވާންޖެހޭ މިންވަރަށް މިރޭ ވެސް މޫސުން ގޯސްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ހާމަކޮށްފިއެވެ.
އެހެންކަމުން، އެ ސާރވިސަސްއިން ވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
މޫސުން ލާފާކުރެވޭ ގޮތަށް ބަލާއިރު، މިރޭގެ 8:00 އިން ފެށިގެން މެންދަމު 2:00އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެއެވެ. އަދި މިކަމުގެ ސަބަބުން ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
Alert white for strong winds and rough seas pic.twitter.com/fBXQ52zvtz
— Maldives Meteorology (@MetMaldives) June 12, 2025
މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ޖުމްލަ ގޮތެއްގައި މޫސުން ގޯހެވެ. މޫސުމަށް އަންނަ މި ބަދަލަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން އަންނަ ބަދަލެއްކަމަށް މެޓު އޮފީހުން ފާހަގަކޮށްފައިވެއެވެ.