Ads by Stelco

ޚަބަރު

18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފި

18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފި

ކަސްޓަމްސްއިން އަތުލައިގެން ތަކެތި ބަލާ ފާސްކުރަނީ---

12 ޖޫން 2025، 07:52

18 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުންގެ ހައްޔަރަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލައިފިއެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކުރި ހަމައެކަނި މީހަކީ ވެސް އެއީއެވެ. އޭނާއަކީ އުމުރުން 35 އަހަރުގެ ފިރިހެނެއްކަން ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މި މިހާ ދޫކޮށްލީ އޭނާގެ ބައިވެރިވުމެއް މި މައްސަލައިގައި ފާހަގަނުކުރެވޭތީއެވެ. 

މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބުނު އިންޓެލިޖެންސް މަޢުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. 

މި މަސްތުވާތަކެތި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކުރުމަށްފަހު ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފައެވެ. މި ތަކެތީގެ އަގު 26 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން އަންދާޒާ ކުރެއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މަސްތުވާތަކެތި އެތެެރެކުރި މީހުންނާއި މުދާ ކްލިއާރ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތްކަމަކަށް ނުބެލެވެއެވެ. 

ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ދޫކޮށްލާފައި.

ފުލުހުން ބުނެފައިވާކަމަށް "މިހާރު"ގައި ރިޕޯޓުކޮށްފައި ވެއެވެ.

ލެބޯޓްރީ ޓެސްޓުތަކުން އެ މަސްތުވާތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS