ޚަބަރު
ހއ އަތޮޅުން ފެށިގެން އއ އަތޮޅަށް ހުދު ސަމާލު ނެރެފި

ކަނޑު ގަދަ ދުވަހެއްގައި އެމްޓީސީސީ ފެރީއެއް ދަތުރުކުރަނީ ---

ފަރުދުން
12 ޖޫން 2025، 10:04
12 ޖޫން 2025، 10:04
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން އއ އަތޮޅާ ހިސާބަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ލަފާކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 01:30 އާ ހަމައަށް ހއ އަތޮޅުން ފެށިގެންއއ އަތޮޅާ ހަމައަށް ވައި ގަދަވާނެއެވެ.
Alert white for strong winds pic.twitter.com/1MWmTKdavX
— Maldives Meteorology (@MetMaldives) June 12, 2025
އަދި މި ވަގުތުތަކުގައި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް މެޓު އޮފީހުން ލަފާކޮށްފައިވެއެވެ. ހަމައެއާއެކު ކަނޑުތައް ވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމަށް އަންނަ މި ބަދަލަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން އަންނަ ބަދަލެއްކަމަށް މެޓު އޮފީހުން ވަނީ ފާހަގަކޮށްފައެވެ.