Ads by Farudhun

ޚަބަރު

ސްކޭމްތަކާ މެދު ހޭލުންތެރިކުރުވުމަށް އޭދަފުށީގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި

ސްކޭމްތަކާ މެދު ހޭލުންތެރިކުރުވުމަށް އޭދަފުށީގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި

ބ. އޭދަފުށީގައި ފުލުހުން ކުރިއަށް ގެންދިޔަ ވޯކް އެންޑް ޓޯކް ހަރަކާތުގެ ތެރެއިން/ ފޮޓޯ: ފުލުހުން

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

15 ނޮވެމްބަރު 2026، 11:27

15 ނޮވެމްބަރު 2026، 11:27

ސްކޭމްތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ބ. އޭދަފުށީގައި ފުލުހުން "ވޯކް އެންޑް ޓޯކް" ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އޭދަފުށީ ފުލުހުން އިސްނަގައިން މިދިޔަ ހުކުރު ދުވަހުގައެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން އެ ރަށުގެ ރައްޔިތުންނާއި ސީދާ ބައްދަލުކޮށް، މުޖުތަމައުގެ ކަންބޮޑުވުންތައް އަޑު އެހުމުގެ އިތުރުން މާލީ މަކަރާއި ހީލަތުގެ އަމަލުތަކަށް ސަމާލުވުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުގެ ކުރިން މިފަދަ ކަންކަމާމެދު ހޭލުންތެރިވުމަކީ މިފަދަ ކުށްމަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން  ޝައްކުކުރެވޭ ލިންކުތަކަށް ނުވަނުމާއި، ބޭންކިން މައުލޫމާތު ރައްކާތެރިކުރުމުގެ އިތުރުން، އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުމާއި، ކުއްލި ގޮތަކަށް ފައިސާއަށް އެދި އަންނަ ރިކުއެސްޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 38 މައްސަލައެއް ހުށަހަޅާފައިވެއެވެ. މި މައްސަލަތަކުގައި 356،163.40 ރުފިޔާ ގެއްލިފައިވާއިރު މި ފައިސާގެތެރެއިން 245،389.64 ރުފިޔާ އަނބުރާ  ހޯދިފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި