Ads by Stelco

ޚަބަރު

18 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔައީ ބިދޭސީއެއް

18 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔައީ ބިދޭސީއެއް

ކަސްޓަމްސްއިން އަތުލައިގެން ތަކެތި ބަލާ ފާސްކުރަނީ---

12 ޖޫން 2025، 07:50

މި މަހުގެ 11 ވަނަ ދުވަހު ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެއްޗާއި ހަވާލުވާން ދިޔައީ ބިދޭސީއެއް ކަމަށާއި، އެ މީހާ ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބުނު އިންޓެލިޖެންސް މަޢުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން ކަސްޓަމްސްއިން ހިންގި ކޮންޓްރޯލްޑް އޮޕަރޭޝަނުގައި ހިފެހެއްޓީ 35 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުކޮށްފައިވާ ކަމަކަށް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކުރުމަށްފަހު ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފައެވެ. މި ތަކެތީގެ އަގު 26 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން އަންދާޒާ ކުރެއެވެ. 

މި މަސްތުވާތަކެތި ގެނައީ ކޮންފަރާތަކުން އަދި ސާފުނުވާކަމަށް ފުލުހުން ހާމަކުރެއެވެ. އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓަކުން އަތުލައިގަތް އެ ތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފައެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަންގާރަ ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި، އެ ފަރާތްތަކާ ގާނޫނު ދަނީ އަރާ ހަމަކުރަމުން ކަމަށެެވެ. އަދި އެއީ ކަސްޓަމްސްއިން އެކަމުގެ މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތިކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS