ޚަބަރު
ކޮމިޝަނަރ އޮފް ޕޮލިހާއި ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އިބްރާހިމް ހިލްމީ ބައްދަލުކުރެއްވުން، ފޮޓޯ: ޕޮލިސް
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އިބްރާހިމް ހިލްމީ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މި މަހުގެ 10 ވަނަ ދުވަހު އައްޔަނުކޮށްފައިވާ ނަވީން ތައާރަފުވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ސިފައިންގެ މައި މަރުކަޒުގައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ފުލުހުންނާއި ސިފައިން ގުޅިގެންކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެކަންކަމާ ގުޅިގެން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވެވިއެވެ.
އަދި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، މި މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.