Ads by Stelco

ޚަބަރު

ތުލުސްދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ތުލުސްދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރާ ސަރަހައްދު ސާފުކުރުން، ފޮޓޯ: އެމްޓީސީސީ

12 ޖޫން 2025، 06:32

ކ. ތުލުސްދޫގައި ސަރުކާރުން ގާއުމްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި ހޮސްޕިޓަލުގެ މަސައްކަތް، މިދިޔަ މާރިޗު މަހު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

1،600އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ތުލުސްދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. 

މި މަޝްރޫއުގެ ދަށުން 1729.10 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



ހޮސްޕިޓަލުގެ ހެލްތު ސެންޓަރު ބްލޮކުގައި ހިމެނެނީ  ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކެވެ. އަދި ލެބޯރެޓަރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 101.71 މިލިއަން ރުފިޔާއަށެވެ. 

ތުލުސްދޫގެ އާނާދީއަށް މިހާރު ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެ ރަށު ސިއްހީ މަރުކަޒުންނެވެ. މި ތަނުން 24 ގަޑިއިރު ހިދުމަތް ދެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS