Ads by Stelco

ޚަބަރު

ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް 4000 މިލިއަން ރުފިޔާގެ މަޝްރޫޢުތައް އެކިކަންކޮޅުތަކުގައި ދަނީ ކުރިއަށް: ރައީސް މުޢިއްޒު

ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް 4000 މިލިއަން ރުފިޔާގެ މަޝްރޫޢުތައް އެކިކަންކޮޅުތަކުގައި ދަނީ ކުރިއަށް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ.މުލީ ހޮސްޕިޓަލް ބިންގާއަޅާދެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2025، 01:40

03 ޖޫން 2025، 01:40

ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި މިހާރުވެސް 4000 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ޙައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތުތަކުގެ ތެރެއިން ދެވަނައަށް އިސްކަންދޭ ސިޔާސަތު ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމާއި ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ. މީގެ އިތުރުން ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުގެ އަމާޒަކީ ސިއްޙީ ޚިދުމަތް ހޯދުމަށް ބޮޑު ތަކުލީފުގައި ރާއްޖެއިން ބޭރަށްގޮސް ޚިދުމަތް ހޯދުމަށް ކުރާ ދަތުރުތައް ނިމުމަކަށް ގެނައުން. އެކަން ނިމުމަކަށް ގެނައުމަށް ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކޮށް ރަނގަޅު ފެންވަރަށް ޤާއިމްކުރަނީ. ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރުވެސް ރަނގަޅު ކުރަނީ  

ރައީސް މުޢިއްޒު

މީގެ އިތުރުން، ސިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއާއި ޚިދުމަތްތައް ފުޅާކުރުމުގެ އިތުރަށް އިންސާނީ ވަސީލަތްތައް ބިނާކުރުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިގޮތުން މިހާތަނަށް މާލެ ސަރަޙައްދުން އެކަނިވެސް 700 އަށްވުރެ ގިނަ ވަޒީފާ ސިއްޙީ ދާއިރާއިން ހަމަޖައްސާފައިވާކަމަށާއި، މުޅި ރާއްޖެއިން 1200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS