Ads by Stelco

ޚަބަރު

ތިމާވެއްޓާ ރައްޓެހި ބައިސްކަލް ނިޒާމެއް ތައާރަފްކުރުމުގެ މަސައްކަތްދަނީ ކުރެވެމުން: ރައީސް މުޢިއްޒު

ތިމާވެއްޓާ ރައްޓެހި ބައިސްކަލް ނިޒާމެއް ތައާރަފްކުރުމުގެ މަސައްކަތްދަނީ ކުރެވެމުން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2025، 12:45

03 ޖޫން 2025، 12:45

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ 2025 ވަނަ އަހަރުގެ ދުނިޔޭގެ ބައިސްކަލު ދުވަސް ފާހަގަކުރައްވައި، ރާއްޖޭގެ ރަށްތަކުގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުން ހާމަކުރައްވައިފައެވެ. ޚާއްޞަކޮށް ރަށްރަށުގެ ސަރަޙައްދުތަކުގައި ބައިސްކަލު ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ:

"ދުނިޔޭގެ ބައިސްކަލު ދުވަހަކީ އަޅުގަނޑުމެންގެ ދިރިއުޅުމާއި ތިމާވެށި ބަދަލުކުރުމުގައި ބައިސްކަލުގެ ބާރު ފާހަގަކުރާ ދުވަހެކެވެ. ބައިސްކަލަކީ ފަސޭހަ، ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތެކެވެ. އަޅުގަނޑުމެންގެ ރަށްތައް އާބާދީގެ ގޮތުން ބޮޑުވަމުންދާއިރު، ދަތުރުފަތުރުގެ ނިޒާމުތަކާމެދު އަލުން ވިސްނަން ޖެހިފައިވެއެވެ. މި ވިސްނުމާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތިމާވެއްޓާ ރައްޓެހި ބައިސްކަލު ދުއްވުން ތަޢާރަފުކުރުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ."



ކޮންމެ އަހަރެއްގެ ޖޫން 3 ގައި ފާހަގަކުރާ ދުނިޔޭގެ ބައިސްކަލު ދުވަހަކީ 2018 ވަނަ އަހަރު އދ. އިން ކަނޑައެޅި ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ ބައިސްކަލުގެ ޚާއްޞަކަމާއި، ދެމިހުރުމާއި، ބޭނުންތެރިކަން ފާހަގަކުރުމެވެ. އަދި ބައިސްކަލަކީ އަގުހެޔޮ، އިތުބާރުހުރި، ސާފު އަދި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްކަން ހާމަކުރުމެވެ. މީގެ އިތުރުން ބައިސްކަލު ދުއްވުމުގެ އިޖްތިމާޢީ އަދި ޞިއްޙީ ފައިދާތައްވެސް މި ދުވަހު ފާހަގަކުރެއެވެ.




މި ލިޔުން ކިޔާލުމުން

Ads by MSS