ކުޅިވަރު

ނެދަލޭންޑްސްގެ ޖެރެމީ ފްރިމްޕޮންގް 35 މިލިއަނަށް ލިވަޕޫލަށް ބަދަލުވެއްޖެ

ނެދަލޭންޑްސްގެ ޖެރެމީ ފްރިމްޕޮންގް 35 މިލިއަނަށް ލިވަޕޫލަށް ބަދަލުވެއްޖެ

ޖެރެމީ ޕްރިމްޕޮންގު ލިވަޕޫލަށް ބަދަލުވުން ---

31 މޭ 2025، 10:10

ޖަރުމަނުގެ ބެޔާ ލެވަކޫސަންއަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ޖެރެމީ ފްރިމްޕޮންގް ލިވަޕޫލަށް ބަދަލުވެއްޖެއެވެ. ލިވަޕޫލުން އޭނާ ގަތީ 35 މިލިއަން ޔޫރޯއަށެވެ.

ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ޕްރިމްޕޮންގު އެ ޓީމާ ގުޅުނުކަން ލިވަޕޫލުން މިކަން އިޢުލާންކުރީ، އެ ކުލަބުގެ ތަރި އެލެކްސެންޑަރ އާނޯލްޑް ރެއާލް މެޑްރިޑަށް ބަދަލުވިކަން އިޢުލާންކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ. ލިވަޕޫލުން އާނޯލްޑް ވިއްކާލުމުގެ ކަންތައްތައް އަވަސްކުރީ، ކްލަބް ވޯލްޑް ކަޕްގައި އޭނާއަށް ކުޅެވޭނެ ގޮތް ފަހިކޮށްދިނުމަށް ރެއާލްއިން އެދުމުންނެވެ.

އެހެންކަމުން ފްރިމްޕޮންގްއަކީ އާނޯލްޑު ނެތުމުން އެތަން ފޫބެއްދުމަށް ގެނައި ކުޅުންތެރިއެކެވެ. އޭނާއަކީ ވެސް ކަނާތްފަރާތުން ފަހަތަށް ކުޅެމުން އަންނަ، އެޓޭކިންގައި ވަރަށް ބޮޑަށް ބައިވެރިވާ ހަލުވި ކުޅުންތެރިއެކެވެ.

ފްރިމްޕޮންގު ވަނީ މިދިޔަ ސީޒަނުގައި ލެވަކޫސެންއިން ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި ސީޒަނުގައި އެ ޓީމަށް އޭނާ ވަނީ 53 މެޗު ކުޅެދީފައެވެ.

ފްރިމްޕޮންގް އަކީ އާނޯލްގެ ބަދަލުގައި ގެނައި ކުޅުންތެރިއެއް ނަމަވެސް، ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. އެއީ ލިވަޕޫލްގައި ދެން އެ ޕޮޒިޝަނަށް ކުޅޭ ކޮނޯރ ބްރެޑްލީއަކީ ވެސް ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކުޅުންތެރިއަކަށް ވުމުންނެވެ. 

ޕްރިމްޕޮންގް ވަނީ މެންޗެސްޓަރ ސިޓީގެ ޔޫތު ޓީމުތަކަށް ކުޅެފައެވެ. އަދި އޭނާގެ ޕްރޮފެޝަނަލް ކެރިއަރު 2019ގައި ފެށީ ސެލްޓިކުންނެވެ. އެއަށްފަހު ލެވަކޫސެންއަށް ބަދަލުވީ 2021 ވަނަ އަހަރެވެ. 

ލިވަޕޫލުން އަންނަނީ ލެވަކޫސެންގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ، ފްލޮރެން ވާރޓްސް، 22އ، އެ ޓީމަށް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އޭނާ ގެނައުމަށް 109 މިލިއަން ޕައުންޑު ލިވަޕޫލުން ހުށަހަޅާފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS