Ads by Stelco

ޚަބަރު

ސަރުކާރުގެ އަމާޒަކީ ހުޅުމާލޭގެ 4،000 ފްލެޓް ސެޕްޓެމްބަރަށް ނިންމާ ރައްޔިތުންނާ ހަވާލުކުރުން: ވަޒީރު މުއްޠަލިބް

ސަރުކާރުގެ އަމާޒަކީ ހުޅުމާލޭގެ 4،000 ފްލެޓް ސެޕްޓެމްބަރަށް ނިންމާ ރައްޔިތުންނާ ހަވާލުކުރުން: ވަޒީރު މުއްޠަލިބް

ސަރުކާރުން ހުޅުމާލެ ފޭސް 2 ގައި ބިނާކުރަމުންދާ ފްލެޓްތައް ފޮޓޯ:ރާއްޖެ އޮންލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2025، 05:31

29 މޭ 2025، 05:31

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ 4،000 ފްލެޓުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައި، އޭގެ ހައްގުވެރިންނާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މިކަން މިއަދު ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް 1،000 ފްލެޓުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި ފްލެޓުތަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ޖުލައި މަހުގެ ތެރޭގައި މި 1،000 ފްލެޓަށް އެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޕްރޮޖެކްޓް ރޭވިފަ އޮތް ގޮތުން އެ ތަންތަނަށް ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަޅުގަނޑުމެން އުއްމީދު މި ކުރަނީ ޖުލައި މަސްތެރޭގަ ފެށެންވާއިރަށް މި 1000 ފްލެޓަށް ޚިދުމަތްތައް ދެވިގެންދާނެ ކަމަށް

ވަޒީިރު


މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1،000 ފްލެޓް ނިންމައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4،000 ފްލެޓުގެ މަސައްކަތް އެއްކޮށް ނިންމާ، އެ ފްލެޓުތަކުގެ ހައްގުވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތައް މިހާރު ވަނީ ބަލަން ފަށާފައެވެ. ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އެންމެ ފަހުން ނިމުނީ އޭޕްރީލް 15 ވަނަ ދުވަހުއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS