Ads by Stelco

ޚަބަރު

ލުއިފަސޭހަ އިންތިޒާމްތަކަކާއިއެކު ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގެ ދަތުރުތައް ފަށައިފި

ލުއިފަސޭހަ އިންތިޒާމްތަކަކާއިއެކު ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގެ ދަތުރުތައް ފަށައިފި

ހައްޖަށް ދިއުމަށް ފުރާ ބައެއް ރައްޔިތުން ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2025، 12:50

26 މޭ 2025، 12:50

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގެ ދަތުރުތައް  ފަށައިފިއެވެ. ސަރުކާރުން ވަނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް އެއަރޕޯޓަށް ދިއުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ.


މިގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާއިރު، މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ހަމަޖައްސާފައެވެ. މި ބަސް ދަތުރުތައް ފެށީ މިއަދު ހެނދުނު 10:30 ގައެވެ.


ޙައްޖުވެރިންނަށް އިތުރު ފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުޓުން ދަނީ ހަރަކާތްތެރިވަމުންނެވެ. ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:25 ގައެވެ. މި ފްލައިޓުން 234 ޙައްޖުވެރިއަކު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.
މިއަހަރު ދިވެހި ޙައްޖުވެރިން މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުގައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންކަން ފާހަގަކުރެވެއެވެ.


ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ގިނަ ފަރާތްތަކުން ވަނީ ތަޢުރީފުކޮށްފައެވެ. މި އިންތިޒާމުތަކުގެ ސަބަބުން ޙައްޖުވެރިންނަށް އެއަރޕޯޓަށް ދިއުމުގައި ދިމާވާ ގިނަ ދަތިތަކެއް ޙައްލުވެގެންދާނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS