ދުނިޔެ

ޣައްޒާގެ އިތުރު ބަލިމީހުން ނޯވޭއަށް ގެންނަން ތައްޔާރަށް ތިބި ކަމަށް އެޤައުމުން ބުނެފި

ޣައްޒާގެ އިތުރު ބަލިމީހުން ނޯވޭއަށް ގެންނަން ތައްޔާރަށް ތިބި ކަމަށް އެޤައުމުން ބުނެފި

އިތުރު ފަރުވާއަށް ޣައްޒާއިން ބޭރަށް ގެންދެވުނު ކުއްޖެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 މޭ 2025، 11:11

26 މޭ 2025، 11:11

ޣައްޒާގެ އިތުރު ބަލިމީހުން ނޯވޭއަށް ގެންނަން ތައްޔާރަށް ތިބި ކަމަސް އެ ޤައުމުން ބުނެފިއެވެ.

 ނޯވޭގެ ސަރުކާރުން ނިންމާފައިވަނީ މިއަހަރު ޣައްޒާއިން އިތުރު 15 ބަލިމީހުން އެ ޤައުމަށް ގެންދިއުމަށެވެ. މިދިޔަ އަހަރުގެ ޖޫން މަހު ޣައްޒާއިން 20 ބަލިމީހުންނާއި އެ މީހުންގެ ބަލަދުވެރިން ގެންދިޔުމަށްވެސް ނޯވޭއިން ނިންމިއެވެ.

ނޯވޭގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު ގެންދިޔަ ބަލިމީހުންގެ ތެރެއިން އެންމެ ފަހު ދެ ބަލިމީހުން މެއި 5 ވަނަ ދުވަހު ނޯވޭއަށް ގެންދެވުނެވެ. އަދި މިހާރު ހުރިހާ ބަލިމީހުންނަށްވެސް ބޭސްފަރުވާ ލިބެމުންދާކަމަށް ނުވަތަ ލިބިފައިވާކަމަށް ނޯވޭ ސަރުކާރުން ބުނެފައިވެއެވެ.

 މި ބަލިމީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަން ފާހަގަކޮށްލަން ޖެހެއެވެ.

ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި. ޞިއްޙީ ނިޒާމު ވަނީ ފުނޑުފުނޑުވެ ދިއުމާ ކައިރިވެފައި، އަދި މިވަގުތު ޚިދުމަތްދެމުންދާ ހޮސްޕިޓަލްތަކުގައި ނުރައްކާތެރި ޙާލަތުގައި ތިބި ބަލިމީހުންނާއި، ބޮޑެތި ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާދެވޭނެ ވަސީލަތްތައް ނެތް.

ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހްރް ސްޓޯރް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ސަބަބަށްޓަކައި ޔޫރަޕިއަން ޔޫނިއަންގެ އިންތިޒާމުގެ ދަށުން މި އަހަރު އިތުރު 15 ބަލިމީހުން ނޯވޭއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ނޯވޭގެ ސަރުކާރުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ޔޫރަޕިއަން ޔޫނިއަންގެ އިންތިޒާމުގެ ދަށުން މިހާތަނަށް ޣައްޒާއާއި މިޞްރުން 206 ބަލިމީހުންނާއި 450 ބަލަދުވެރިން ޔޫރަޕުގެ 13 ޤައުމަކަށް ވަނީ ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS