ޚަބަރު
600 ޒުވާނުން ވަޒީފާއަށް ތައްޔާރުކުރުމަށް "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ފަށައިފި

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ އެއްބަސްވުމުގައި ސޮއި ކުރުން ފޮޓޯ:އިންޓަނެޓް
ވަޒީފާގެ ފުރުޞަތުތަކަށް 600 ޒުވާނުން ތަމްރީނުކުރުމަށް "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ނަމުގައި އައު ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. މި ޕްރޮގްރާމް ފެށުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އަދި އައިލޭންޑް އިންސްޓިޓިއުޓް އޮފް ޓަރޝަރީ އެޑިޔުކޭޝަން (އައި.އައި.ޓީ.އީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.
މި ޕްރޮގްރާމްގެ ދަށުން 18 ދާއިރާއެއްގައި ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޖުވެލަރީ ޑިޒައިން، ގާޑެނިންގ، ހައުސްކީޕިންގ، އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސަސް، ފްރަންޓް އޮފީސް ސަރވިސަސް، ބަރިސްޓާ، ވޭސްޓް-ޓު-ވެލްތު، އިންވެންޓްރީ މެނޭޖްމަންޓް، ޓުއަރ ގައިޑިންގ، ކޭޝިއަރިންގ، ކޮމްޕެނީ އެޑްމިނިސްޓްރޭޝަން، އިވެންޓް މެނޭޖްމަންޓް، ފްލެބޮޓޮމީ، އާޓް ސްކިލްސް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ޕްރޮގްރާމިންގ، ސްކޫލް ލެބޯޓަރީ ޓެކްނީކްސް އަދި ގެސްޓް ހައުސް އޮޕަރޭޝަންސް ފަދަ ދާއިރާތައް ހިމެނެއެވެ.
ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަށް:
އެމް.އައި.ޓީ:
- ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސެސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސެސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ
- ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު
- ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް
- ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން
މި ޕްރޮގްރާމަކީ 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުން ހިމެނެއެވެ.
އައި.އައި.ޓި.އީ
އައި.އައި.ޓި.އީ
- ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް
- ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ
- ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑް ވެއަރ އެންޑް ނެޓްވޯކިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ
- ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސް
ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް
މި ޕްރޮގްރާމަކީ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓް" (މީރީ ޕްރޮޖެކްޓް) ގެ ދަށުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީރީ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކްގެ 20 މިލިއަން ިއަން ޑޮލަރުގެ އެހީގައި ހިންގޭ ޕްރޮޖެކްޓެކެވެ.