Ads by Stelco

ޚަބަރު

ޖޯޑަންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

ޖޯޑަންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

ޖޯޑަންގެ ދިދަ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 މޭ 2025، 10:29

25 މޭ 2025، 10:29

ހުލާސާ


ޖޯޑަންގެ މިނިވަންް ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. 

ޖޯޑަންގެ މިނިވަން ދުވަހުގެ ތަހުނިޔަ ރައީސް މުއިއްޒު އެޤައުމުގެ އިސްވެރިންނަށް ފޮނުއްވަވައިފައިވަނީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

އެމނަިކުފާނުގެ ޕޯސްޓުގައި ޖޯޑަންގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެޤައުމުގެ ޖަލާލަތުލްމަލިކު އަބްދުﷲ ދެވަނައަށާއި، ބޮޑުވަޒީރު ޑރ. ޖަޢުފަރު ޙަސަންއަށާއި، ސަރުކާރަށާއި އަދި ދިވެހިންގެ އަޚުންކަމަށްވާ ޖޯޑަންގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. 

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ޖޯޑަންއަށް ދެމެހެއްޓެނިވި ސުލްޙައާއި، ކުރިއެރުމާއި، ފާގަތިކަން އެދިވަޑައިގެންފައިވެއެވެ. ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ޖޯޑަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމަށް މަންފާކުރަނިވި ގޮތެއްގައި ފުޅާވެގެން ދިއުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 25 ޖޯޑަން އިން އެޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، އެދުވަަހަކީ އިނގިރޭޭސީންގެ ކިބައިން ޖޯޑަން މިނިވަންވީ ދުވަހެވެ. ޖޯޑަންއަށް އިނގިރޭސީންގެ ކިބައިން މިނިވަން ވެވިފައިވަނީ މީލާދީ ތާރީޚުން 1946 ވަނައަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS