Ads by Stelco

ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

އުފެއްދުންތެރިކަމުގެ މައުރަޒު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް

24 މޭ 2025، 08:49

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރައީސުލްޖުމްހުރިއްޔަ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މައުރަޒު އިފްތިތާޙުކުރުމަށް ހުޅުމާލޭ ސެންޓަރަލް ޕާކުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކުލަގަދަ ރަސްމިއްޔާތުގައި ހަވާއެރުވުމުގެ ހަރަކާތްތައް ވެސް ވަނީ ކުރިޔަށްގެންގޮސްފައެވެ.

މައުރަޒު އިފްތިތާޙުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ވަނީ މައުރަޒުގެ ބައިވެރިން ހުށަހެޅުއްވި އުފެއްދުންތައް ބައްލަވާލައްވާފައެވެ. އަދި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ބައެއް އުފެއްދުންތައް ބައްލަވައި ވެސް ގެންފައެވެ. 

މި މަޢުރަޒުގައި ދިވެހިވަންތަ، ޘަޤާފީ އުފެއްދުންތަކުގެ އިތުރުން، ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި، މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދާނެކަމަށް ހާމަކޮށްފައިވެއެވެ.

މިއީ ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދީ، ވިޔަފާރިތައް ފުޅާކުރުމުގެ މަޤުސަދުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މައުރަޒު ބޭއްވުމަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ބާއްވާ މައުރަޒެކެވެ. މައުރަޒު ބައްލަވާލެއްވުމަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް އާންމުންނަށް ޒިޔާރަތްކުރެވޭނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS