Ads by Aqeeqa Maldives

ޚަބަރު

ޝަމްޢާންގެ މައްސަލާގައި އޭނާ ފްރޭމްކުރިކަން ތަހުޤީޤަށް ފާހަގައެއްނުވޭ: ފުލުހުން

ޝަމްޢާންގެ މައްސަލާގައި އޭނާ ފްރޭމްކުރިކަން ތަހުޤީޤަށް ފާހަގައެއްނުވޭ: ފުލުހުން

ޝަމްޢާން ވަޙީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2025، 10:26

13 މޭ 2025، 10:26

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ހިމެނޭ ގޮތަށް، އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާކަަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ޝަމްޢާން ފްރޭމްކުރިކަން ތަހުޤީޤަށް ފާހަގަނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ބަޔަކު ފްރޭމްކުރުމަށްޓަކައި އެއްވެސް ކަމެއް ކުރަން ނުޖެހޭކަން ތަހުޤީޤުން މިހާތަނަށް އެނގޭ ކަމަށެވެ.

މައްސަލައިގައި ޝަމްޢާންގެ އާއިލާއިން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ދާޚިލީ ވަޒީރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންކަން ތުހުމަތުކޮށްފައެވެ.

އާއިލާގެ ފަރާތުން މިނިސްޓަރާއި ޝައްމާންއާ ދޭތެރޭގައި ހުރި ކަންތައްތަކެއްގެ ވާހަަކަ ދެއްކި ކަމުގައިވީ ނަމަވެސް، ތަހުޤީޤަށް އެކަހަލަ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ވީޑިއޯއެއް ވެސް އެއްވެސް މީހެއްގެ އަތުގައި އޮތް ވާހަކައަކީ، އެއީ އަޅުގަނޑުމެން މި ތަހުޤީޤަށް އެހާ މުހިންމު ވާހަކައަކަށް ނުވާތީވެ އަޅުގަނޑުމެން މި ތަހުޤީޤުގެ ތެރެއިން އެބައި ކުރިއަކަށް ނުގެންދަން.

ޝަރީފް ވިދާޅުވިއެވެ.

ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްޢާން ވަހީދާއި އިތުރު ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS