Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލެއިން 84 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން 84 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ފުޅި ބަނގުރަލާއެކު ހައްޔަރުކުރި މީހާ ފޮޓޯ:ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 މޭ 2025، 10:17

13 މޭ 2025، 10:17

ރޭ ދަންވަރު ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 84 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވެއެވެ.

ހުޅުމާލެއިން 84 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

އަތުލައިގަތް 84 ފުޅި ބަނގުރާ

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ލާމިގެ، އުމުރުން 46 އަހަރުގެ މުޙައްމަދު އުޝާނެވެ. ފުލުހުން ވިދާޅުވި ގޮތުގައި، އަމީން އެވެނިއު މެޕަލް ކުރިމަތިން ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު، ކާރުގެ ޑިކީ ތެރެއިން ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ފެނުނެވެ. މި ފޮށިގަނޑުތައް ބަލައި ފާސްކުރުމުން 84 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން، ކާރު ދުއްވި މީހާ ހައްޔަރުކޮށް، އެ ކާރު ވަނީ ޓޯވކޮށްފައެވެ. ފުލުހުން މި މައްސަލަ ދަނީ ތަޙުޤީޤުކުރަމުންނެވެ. 
                    

މި ލިޔުން ކިޔާލުމުން

Ads by MSS