ޚަބަރު
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ ޢައްޔަންކުރައްވައިފި

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވި އަސްނާ ----

ފަރުދުން
12 މޭ 2025، 11:31
12 މޭ 2025، 11:31
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމަށް ގަލޮޅު ސިލްވަރުގެއާގެ، ޢާއިޝަތު އަސްނާ ޙަމްދީ މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަސްނާ މި މަޤާމަށް އައްޔަންކުރެއްވީ، ރައްޔިތުންގެ މަޖިލީހުން މި ކަމަށް ރުހުން ލިބިވަޑައިގަތުމުންނެވެ.
އެމް.އެމް.އޭގެ ތަފާތު މަޤާމުތަކުގައި ސަތާރަ އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ އަސްނާ، ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިންގް ޑިރެކްޓަރ- ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ގެ މަޤާމުގައެވެ.
އަސްނާގެ ޢިލްމީ ޤާބިލްކަމަށް ބަލާލާއިރު، 2014 ވަނަ އަހަރު އޭނާ ވަނީ ޔުނިވަރސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ޙާޞިލުކުރައްވާފައެވެ. މީގެ އިތުރުން، 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނަރސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލުކުރައްވާފައިވެއެވެ.