Ads by Aqeeqa Maldives

ޚަބަރު

ހުސްނުއްސުޢޫދު ވަނީ ޖުޑީޝިއަރީ އާއި ސްޕްރީމް ކޯޓަށް ވެސް ނުފޫޒު ފޯރުވާފައި: ބަންޑާރަ ނައިބު

ހުސްނުއްސުޢޫދު ވަނީ ޖުޑީޝިއަރީ އާއި ސްޕްރީމް ކޯޓަށް ވެސް ނުފޫޒު ފޯރުވާފައި: ބަންޑާރަ ނައިބު

ވަޒީރުންގެ "އަހާ" ފޯރަމް - 12 މެއި 2025

12 މޭ 2025، 11:15

ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ޖުޑީޝިއަރީ އާއި ސްޕްރީމް ކޯޓަށް ވެސް ނުފޫޒު ފޯރުވާފައިކަމުގައި، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ "އަހާ" ފޯރަމްގައި، ސަރުކާރާއި ބަންޑާރަ ނައިބު ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވާކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދާއި ބައެއް އެހެން ފަނޑިޔާރުން ވެސް ވިދާޅުވާތީކަމަށް ބުނެ، އެކަން އެ ގޮތަށް ކުރެއްވިތޯ އެހި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއްކޮށްފައި ނުވާނެކަމަށެވެ.

އުޝާމް ވިދާޅުވީ ހުސްނުއްސުޢޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި، އެ ބޭފުޅާ ދައްކަވާނީ ސިޔާސީ ވާހަކަ ކަމަށެވެ. އަދި ހުސްނުއްސުޢޫދު ރައީސްއާ ބައްދަލުކޮށް ދައްކާފައި ހުރި ވާހަކަތަކުންނާއި، އެކިއެކި ބޭފުޅުން މެދުވެރިކޮށް ފޮނުވާފައި ހުރި މެސެޖުތަކުން އެނގޭގޮތުގައި، ޖުޑީޝިއަރީ އާއި ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ވަނީ ހުސްނުއްސުޢޫދު ކަމުގައި ވިދާޅުވެފައެވެ. 

ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނަވާނީ އެ ބޭފުޅާ. ޖުޑީޝިއަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވާފައި ހުންނާނީ އެބޭފުޅާ. އަޅުގަނޑު ހަމަ ވަރަށް ޔަޤީންކަމާއެކު މިހެން މި ދަންނަވަނީ.  

ހުސްނުއްސުޢޫދަށް ރިއާޔަތްކޮށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އަދި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާ ޖުޑީޝިއަރީއަށް ނުފޫޒު ފޯރުވިކަމަށް ބުނާއިރު، އެކަމާ ގުޅިގެން އެ ބޭފުޅާއާ ސުވާލު ނުކުރެއްވީ ކީއްވެގެންތޯ ސުވާލު އުފެއްދެވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS