Ads by Aqeeqa Maldives

ޚަބަރު

ޕީއެންއެފް ޖަލްސާއެއްގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކޮށް ރައީސް މުޢިއްޒުގެ އަބުރަށް އަރައިގެންފި

ޕީއެންއެފް ޖަލްސާއެއްގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކޮށް ރައީސް މުޢިއްޒުގެ އަބުރަށް އަރައިގެންފި

ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: ޗެނަލް 13

farudhun logo

ފަރުދުން

12 މޭ 2025، 06:45

12 މޭ 2025، 06:45

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ސަންގު ޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާއަށް ފުރައްސާރަކޮށްފިއެވެ. 

ޕީއެންއެފްގެ އޮފީހުގައި ބޭއްވި މި ޖަލްސާގައި ރައީސް ޔާމިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މި ޖަލްސާގައި މަދަދާއާ ގުޅުވައިގެން ފުރަތަމަ ވާހަކަތަކެއް ދައްކައިފައިވަނީ އެ ޖަލްސާގައި ވާހަކަދެއްކި އެޕާޓީގެ އެކްޓިވިސްޓެކެވެ.

އެގޮތުން ދާދި ފަހުން ރައީސް މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން އެ މަނިކުފާނު އުޅުއްވެވީ އެހެން ހުރިހާ ނޫސްވެރިންނަށް ފިއްލަވައިގެން ކަމަށް ބުނެފައިވެއެވެ. އެކްޓިވިސްޓުގެ މިވާހަކައާއި ގުޅިގެން ރައީސް ޔާމިން ވަނީ އެކަހަލަ ހުރިހާ ޖަލްސާއަކަށް މަދަދާ ގެންދަވާތޯ ސުވާލުކުރައްވައިފައެވެ. އަދި ހަމައެއާއިއެކު ރައީސް މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަދަދާ ގެންދޭތޯ ސުވާލުކޮށް ރައީސް މުޢިއްޒުގެ އަބުރަށް ހުތުރުވާގޮތައް ސުވާލުކުރައްވައިފައި ވެއެވެ.

ރައީސް ޔާމީންގެ މި ސުވާލުތަކަށް ޖަވާބު ދެމުން އެކްޓިވިސްޓު ބުނެފައިވަނީ، ރައީސް މުޢިއްޒު ގަބޫލުކުރާ ގޮތުގައި ނޫސްވެރިކަމުގެ ހުރިހާ ކަމެއް މަދަދާ އާއި ދިމާވުމުން ކަވަރުވީ ކަމަށާއި ދާ ހުރިހާތާކަށް މަދަދާ ވެސް ދާކަމަށް ވަނީ ބުނެފައެވެ.

މިއާއި އެކު ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް ވަނީ މަދަދާގެ ހެދުން އެޅުމާއި ގުޅުވައި އެއީ މި ސަރުކާރުގެ އިސްލާމީ މަރުކަޒުގެ އެންމެ އިސް އިމާމްގެ ގޮތުގައި އައްޔަނުކުރައްވައިފައިހުރި އައްޝައިޙް މުޙައްމަދު ލަޠީފް "އެޕްރޫވް" ކުރައްވާފައިވާ ހެދުން އެޅުމުގެ ވައްޓަފާޅިތޯ ސުވާލުކުރެއްވިއެވެ.

އަދި އެއަށްފަހު ރައީސް ޔާމިން ވަނީ އެކުއްޖާއަކީ މާ ޚާއްސަ ކުއްޖެއްތޯ ސުވާލުކުރައްވައިފައެެވެ. ޔާމީންގެ އެސުވާލާއިއެކު އެއްވެ ތިބި މީހުން ހޭއަޑު އިވިގެން ދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS