ޚަބަރު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނަށް ހުދު ސަމާލު ނެރެފި

އައްޑޫ ސިޓީ، ފޮޓޯ: އައްޑޫ ލައިވް
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 7:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
White Alert issued from Faafu Atoll to Addu City. pic.twitter.com/TpLFVTD0De
— Maldives Meteorology (@MetMaldives) May 12, 2025
މޫސުމާ ބެހޭ އިދާރާއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އިއްޔެއިން ފެށިގެން ކުރިއަށް އޮތް 3 ދުވަހަށް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ވެހުމާއެކު ބައެއް ރަށްތަކަށް ގުގުރާނެކަމަށް ލަފާކުރެވޭކަމަށް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
Monsoon is expected to be active over Maldives pic.twitter.com/C2ZCC6IZ6B
— Maldives Meteorology (@MetMaldives) May 11, 2025
އެހެންކަމުން، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.