ކުޅިވަރު

އެސްޓަން ވިލާގެ ރެކޯޑެއް ވޮޓްކިންސް މުގުރާލައިފި

އެސްޓަން ވިލާގެ ރެކޯޑެއް ވޮޓްކިންސް މުގުރާލައިފި

އޮލީ ވޮޓްކިންސް ---

11 މޭ 2025، 08:53

އިނގިރޭސިވިލާތަށް ނިސްބަތްވާ އެސްޓަން ވިލާގެ ރެކޯޑެއް، އެ ޓީމުގެ ފޯވަޑް އޮލީ ވޮޓްކިންސް މުގުރާލައިފިއެވެ. 

އުމުރުން 29 އަހރުގެ ވޮޓްކިންސް މުގުރާލާފައި މިވަނީ، އެސްޓަން ވިލާއަށް ކުރިން ކުޅުނު ގެބީ އަގްބޮންލަހޯރު ހަދާފައިވާ، އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. 

ޖުމްލަ 74 ގޯލާއެކު އަގްބޮންލަހޯރު ހަދާފައިވާ ރެކޯޑާއި ވޮޓްކިންސް ހަމަކުރީ މިދިޔަ އެޕްރީލް މަހުއެވެ. އަދި އިއްޔެ ބޯނެމައުތުއާ ދެކޮޅަށް ކުޅުނު މެޗުގައި އެސްޓަން ވިލާ މޮޅުކޮށްދިން ގޯލަކީ ވޮޓްކިންސް އެ ޓީމަށް ކާމިޔާބުކޮށްދިން 75 ވަނަ ގޯލެވެ. 



ބްރެންޓްފޯޑްއިން 2020 ވަނަ އަހަރު އެސްޓަން ވިލާއާ ގުޅުނު ވޮޓްކިންސްގެ މި ކާމިޔާބާ ގުޅިގެން އެ ޓީމުގެ ކޯޗު އުނާއި އެމްރޭ ބުނީ، އެއީ ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއް ކަމުން، އެއީ އޭނާއަށް ހައްގު ލަގަބެއް ކަމަށެވެ. 

ވޮޓްކިންސް ބުނީ، މިއީ ކްލަބާ ގުޅުނުއިރު ވެސް އޭނާގެ އަމާޒެއް ކަމަށެވެ. ނަމަވެސް ބޭނުންވާ ވަރަށް މެޗުތަކުން ވަގުތު ނުދޭތީ ވޮޓްކިންސް އެކަން ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް އެސްޓަން ވިލާއަށް 182 މެޗު ކުޅެދީފައިވާއިރު، މި ސީނުގައި މިހާތަނަށް އޭނާ ވަނީ 17 ގޯލު ކާމިޔާބުކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS