ދުނިޔެ
އިންޑިއާއިން ޕާކިސްތާނަށް ފޮނުވި 25 ޑްރޯން އަކީ އިޒްރާއިލްގެ އުފެއްދުންތަކެއް ކަމަށް ބުނެފި

ޕާކިސްތާނުގެ ސަރަހައްދަކަށް ހަމަލާއެއް އަރައިފައި.
އިންޑިއާއިން ޕާކިސްތާނަށް ފޮނުވާލި ޑްރޯން ހަމަލާތަކުގައި ބޭނުންކުރި 25 ޑްރޯން އަކީ އިޒްރާއިލްގެ އުފެއްދުންތަކެއް ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ ސިފައިން ރެއިން ފެށިގެން އިންޑިއާއިން އެޤައުމަށް ފޮނުވި 25 ހާރޮޕް ޑްރޯން ވައްޓާލާފައިވާ ކަމަށް އިންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ބުނެފައިވެއެވެ. އަދި އެ 25 ޑްރޯން އަކީވެސް އިޒްރާއިލްގެ އުފެއްދުންތަކެއް ކަމަށް ވަނީ ބުނެފައެވެ.
މީގެ އެއްދުވަސް ކުރިން ޕާކިސްތާނުން ވަނީ އިންޑިއާ ސިފައިން އާންމުންނަށް ރޭގަނޑު ދިން ހަމަލާތަކުގައި 31 މީހުންގެ ފުރާނަ ގެއްލުމުން ހިތާމަކޮށް، އިންޑިއާގެ ޢަމަލުތަކަކީ "ޓެރަރިޒަމް" ކަމަށް ސިފަކޮށްފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިއާގެ ފަސް ފަޔަރ ޖެޓް ވައްޓާލުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ބުނެފައި ވެއެެވެ. އިންޑިއާއިން ފުރަތަމަ އެކަން ދޮގުކުރިނަމަވެސް ފަހުން އިންޑިއާއިން ވަނީ އެޤައުމުގެ ހަނގުރާމަމަތީ ތިން ބޯއްޓެއް ވެއްޓިފައިވާކަމަށް ބުނެފައެވެ.
ބުދަ ދުވަހު ދެ ޤައުމުން ވެސް ބޮޑެތި ހަމަލާބަދަލުކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ޕަންޖާބުގެ އަހުމަދުޕޫރު އިރުމަތި، މުރިދުކޭ، ސިއަލްކޯޓް އަދި ޝައްކަރުގަރު އަދި އަޒާދު ކަޝްމީރުގެ މުޒައްފަރާބާދު އަދި ކޮޓްލީ އަށް އިންޑިއާގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މިންވަރު ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.
ޕާކިސްތާނުގެ ސިފައިން ވަނީ ރޭ އިން ފެށިގެން އިންޑިއާއިން ފޮނުވި 12 ޑްރޯން ނިއުޓްރަލައިޒްކޮށްފައި ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. އަދި އެއް ޑްރޯން ހަމަލާ ޕާކިސްތަންގެ ޢަސްކަރީ ބޭސްއަކަށް އަރައި ސިފައިންގެ ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ.

އިޒްރާއިލުން އުފައްދައިފައިވާ ކަމަށް ބުނާ ޑްރޯންއެއްގެ އެތިކޮޅެއް
"އިޒްރާއީލުން އުފައްދާފައިވާ މި ހާރޮޕް ޑްރޯންތަކުގެ ކުނިތައް ޕާކިސްތާނުގެ އެކި ތަންތަނުން އެއްކުރަމުން އެބަދޭ،" ޕާކިސްތާން ޢަސްކަރިއްޔާގެ މީޑިއާ ވިންގުން ބުނެފައިވެއެވެ.