ޚަބަރު
ގެދޮރުވެރިކަމުގެ ބިލަށް ހިޔާލު ހޯދުމަށް ހުޅުވާލައިފި

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުތައް ---
ގެދޮރުވެރިކަމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މި ބިލަށް ޚިޔާލު ހޯދުމަށް ހުޅުވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމެޓީންނެވެ. އެ ކޮމެޓީން މި ބިލަށް ޚިޔާލު ހޯދުމަށް މި ހުޅުވާލީ، ބިލު ދިރާސާ ކުރުމުގެ މަރުހަލާގައެވެ.
މިކަމާ ގުޅިގެން މަޖިލީހުން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، އެ ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 18 މޭ 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށެވެ.
މި ބިލަށް އީމެއިލް މެދުވެރިކޮންނާއި، ލިޔުމުން މަޖިލީހުގެ އިދާރާއަށް ވެސް ފޮނުވޭނެކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ. އަދި އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] އަށް ފޮނުވުމަށް މަޖިލީހުން ކުރި އިޢުލާނުގައި ވަނީ ހާމަކޮށްފައެވެ.
”ބޯހިޔާވަހިކަމުގެ ބިލު“ އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން
— People's Majlis (@mvpeoplesmajlis) May 7, 2025
ބިލު: https://t.co/0mU0rJVR3z pic.twitter.com/3JZ0rVIgHZ
މި ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. ބޯހިޔާވަހިކަމަކީ ރާއްޖެއަށް ޒަމާނުއްސުރެ ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމުން، މި ބިލަކީ މި މައްސަލަ ޙައްލުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ޤަބޫލުކުރެއެވެ.
މި ބިލަށް މަޖިލީހުގެ ތަޅުމުގައި ބަސްކުރިއިރު، ގިނަ މެންބަރުން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ބިލުގެ ސަބަބުން އެއްވެސް ރައްޔިތަކު އިސްތިސްނާކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ދިރިއުޅުމެއް އަދި އެކަށިގެންވާ ބޯހިޔާވަހިކަމެއް ޔަގީންކޮށްދެވޭނެއެވެ. އަދި މިއީ ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުން ދެނެގަނެ ފޯރުކޮށްދޭން މަގުފަހިކުރުވާ ބިލެއް ކަމަށާއި މި ބިލުގެ ސަބަބުން ސަރުކާރުތަކުން ބޭނުން އުސޫލަކުން ބޯހިޔާވަހިކަން ދިނުން ނިމުމަކަށް ގެނެވޭނެ ކަމަށް މެންބަރުން ވަނީ ފާހަގަކޮށްފައެވެ.