Ads by Aqeeqa Maldives

ޚަބަރު

ދިއްދޫ ބަނދަރު ނިމުމަކާ ގާތްވެއްޖެ

ދިއްދޫ ބަނދަރު ނިމުމަކާ ގާތްވެއްޖެ

ދިއްދޫ ބަނދަރު، ފޮޓޯ: އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ

07 މޭ 2025، 08:45

ހއ. ދިއްދޫ ބަނދަރު ހެދުމާއި ފާލަން އެޅުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެކަމަށް، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

އެގޮތުން މުޅި މަޝްރޫޢުގެ 92 އިންސައްތަ މިހާތަނަށް ނިމިފައިވާކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. 

މަސައްކަތް މިހާރު ކުރިޔަށްގޮސްފައިވާ ހިސާބަށް ބަލާލާއިރު، އެއްގަމު ތޮށީގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. އަދި ބޭރު ތޮށީގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެ މަސައްކަތުގައި މިހާރު ކުރިޔަށް ދަނީ ހިނގާ ދުވާރު އެޅުމުގެ މަސައްކަތެވެ.



މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. މި މަސައްކަތް 330 ދުވަހުން ނިންމަން ހަވާލުކުރި ނަމަވެސް، އެކި ސަބަބުތަކާ ހެދި މަސައްކަތް ވަނީ ލަސްވެގެން ގޮސްފައެވެ. 

ދިއްދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި އެރަށުގެ ބަނދަރު 3 މީޓަރަށް ފުން ކޮށް ނެރު 4 މީޓަރަށް ފުން ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 89 މީޓަރުގެ ބޮޑުހިލަ ގްރޮއިނ،ް ޖަހާ 137 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ އާއި 257 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓާއި، 30 މީޓަރުގެ އެލް-ބްލޮކް ވާޓަރު ޤާއިމް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އަދި މި މަސައްކަތުގެ އަގަކީ 94 މިލިއަން ރުފިޔާކަމަށް ވެސް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS